
--
ރާއްޖޭގެ ބޮޑު ސަރަހައްދަށް މޫސުން ގޯސްވެ ބައެއް ސަރަހައްދުކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް މިއަދުގެ 14:00 ގެ ނިޔަލަށެވެ.
އެގޮތުން ރީނދޫ ސަމާލުގެ މުއްދަތުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު މިއަދުގެ މެންދުރު ފަހު 15:00 ގެ ނިޔަލަށް ދެކުނުގެ ސަރަހައްދުތަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައި އެވެ. އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއި އެކު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.