logoEN
Sto top
އެމްޑީޕީގެ ކުއްލި ކޮންގްރެސްއެއް ބާއްވަން ނިންމަން ގައުމީ މަޖިލީސް އެއްވަނީ

އެމްޑީޕީގެ ކުއްލި ކޮންގްރެސްއެއް ބާއްވަން ނިންމަން ގައުމީ މަޖިލީސް އެއްވަނީ

އަހުމަދު ޝުރާއު

logo

4/8/2025, 5:48:24 PM

# އެމްޑީޕީ

--

އެމްޑީޕީގެ ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ބޭއްވުމުގެ މަސައްކަތް ފެށުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

އެމްޑީޕީގެ އޮފިޝަލަކު ބުނީ ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ކަމަށެވެ. އަދި މި ޖަލްސާގައި ކޮންގްރެސް ބާއްވާނެ ދުވަހެއް ފާސްކުރާނެ ކަމަށް އޮފިޝަލް ބުންޏެވެ.

ކުއްލި ކޮންގްރެސް އެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީސް އެއްވާން ނިންމި އިރު ދާދި ފަހުން އެޕާޓީގެ ކުރީގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވަނީ ޑިމޮކްރެޓްސްއާއި އެމްޑީޕީ އެކުގައި މަސައްކަތް ކުރުމަށް ގޮވާލާފައި އެވެ. އަދި ނަޝީދުގެ އެ ގޮވާލުމާއި އެކު އެމްޑީޕީގެ ތެރޭގައި ދެބަސްވުންވެސް ވަނީ އުފެދިފައި އެވެ. ނަޝީދުގެ މި ހިޔާލަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ އޯގަސްޓު، 2022، ގަ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އާންމު އުސޫލުގެ ދަށުން ކޮންގްރެސް އޮންނާނީ ކޮންމެ ފަސް އަހަރަކުންނެވެ. ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމުގެ ފުުރުސަތު އޮވެ އެވެ.

ކޮންގްރެސެއް ބާއްވަން އެމްޑީޕީގެ ބައެއް މެމްބަރުންތަކެއެް ގައުމީ މަޖިލީހަށް ހުށަހެޅި ކަމަށްބުނެ ދާދި ފަހުން މީސްމީޑިއާގައި ވަނީ އަޑު ފެތުރިފައި އެވެ. އެގޮތުން ކޮންގްރެސް ބޭއްވުމަށް އެމްޑީޕީގެ މެމްބަރުންތަކެއް ހުށަހަޅަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް 2028 ގެ ރިޔާސީ ޓިކެޓު ޕްރައިމެރީއަކާއި ނުލައި ދިނުމަށް ކަމަށްވެސް އޭރު އަޑުއަރާފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside