
--
މޫސުންގޯސްވާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ނެރުނު ހުދު ސަމާލު ދަންމާލައިފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ހުދު ސަމާލު ނެރުނީ ކ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށެވެ. މިހާރު އެ ސަމާލުގެ މުއްދަތު މިއަދު އިރުއޮއްސި 18:30 ގެ ނިޔަލަށް ވަނީ ދަންމާލާފައި އެވެ.
މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވުމާއި އެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.