logoEN
Sto top
ޓްރަމްޕް އާއި ނިރުބަވެރި ނަތަންޔާހޫ އެކުގައި ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލް!

ޓްރަމްޕް އާއި ނިރުބަވެރި ނަތަންޔާހޫ އެކުގައި ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލް!

އަހުމަދު ޝުރާއު

logo

4/7/2025, 5:21:43 PM

# އެމެރިކާ - އިސްރާއީލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އާއި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކުގައި ބާއްވަން ތަވާލްކުރި ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލް ކޮށްފި އެވެ.

Wamco

އެހީއަށް ސަލާން ޖެހުމަށްޓަކައި ނަތަންޔާހޫ އެމެރިކާއަށް ދިޔައީ މިއަދުގެ ވަގުތެއްގައި އެވެ. އަދި ޓްރަމްޕާއި އޭނާ ބައްދުކުރަން ނިންމާފައިވަނީ އިރުކޮޅެއްގެ ތެރޭގައި އެވެ.

ނަމަވެސް ބައްދަލުވުމަށްފަހު ޓްރަމްޕާއި ނަތަންޔާހޫއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެސް ކޮންފަރެންސް މިހާރު ނުބާއްވާނެކަން ވައިޓް ހައުސް އިން ދާދި ދެންމެ އަކު ވަނީ ބުނެފައި އެވެ.

ނަމަވެސް ޓްރަމްޕު ނިރުބަވެރި ނަތަންޔާހޫ އާއި ބާއްވާ މަޝްވަރާކުރިޔަށްދާނެ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެއެވެ. ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރި ސަބަބެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

ނަތަންޔާހުގެ ދަތުރުގައި ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުއަށް އިތުރު އެހީތައް ހޯދުމަށް މަޝްވަރާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ވަކިން ޚާއްސަކޮށް އިރާނާއި ދެކޮޅަށް ހަމަލާދިނުމަށް މަޝްވަރާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަތަންޔާހޫގެ މިދަތުރު ވެގެންދާނީ ޓްރަމްޕު އެމެރިކާގެ ވެރިކަމާއި ހަވާލުވި ފަހުން އޭނާ ޓްރަމްޕުއާއި ބައްދަލުކުރަން ކުރާ ދެވަނަ ދަތުރަށެވެ.

އެމެރިކާއިން އިސްރާއީލަށް ދީފައިވާ ހަތިޔާރުތަކުގެ އެހީގައި ޔަހޫދީން މިހާތަނަށް ޣައްޒާއިން 50،800 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside