
އެންޓި މިސައިލް ސިސްޓަމަކާއި އެ އޮޕަރޭޓްކުރާނެ ސިފައިން އެމެރިކާއިން އިޒްރޭލަށް ފޮނުވަން ނިންމައިފި
# އެމެރިކާ - އިސްރާއީލްއެންޓި މިސައިލް ސިސްޓަމަކާއި އެ އޮޕަރޭޓްކުރާނެ ސިފައިން އެމެރިކާއިން އިޒްރޭލަށް ފޮނުވައިފި އެވެ.

އެމެރިކާގެ ސިފައިންނާއެކު އިސްރާއީލަށް އެންޓި މިސައިލް ސިސްޓަމެއް ފޮނުވަން އުޅޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ޒަމާނީ އެންޓި މިސައިލް ސިސްޓަމަކާއި އެމެރިކާގެ އަސްކަރިއްޔާގެ އޮޕަރޭޓަރުން އިސްރާއީލަށް ފޮނުވަން ނިންމާފައިވާކަން ކަށަވަރުކޮށްދީފައި އެވެ,
ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޕެޓް ރައިޑާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިރުޝާދުގެ މަތިން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން "ޓާމިނަލް ހައި-އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ބެޓެރީއަކާއި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިންގެ އެއާ ގުޅުންހުރި ފަޅުވެރިން އިސްރާއީލަށް ބޭތިއްބުމުގެ ހުއްދަ ދެއްވީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއާއި މިމަހުގެ 1 ވަނަ ދުވަހު އިރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއެް ފޮނުވުމާއި ގުޅިގެން އިޒްރޭލުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ކަމަށެވެ.
އިޒްރޭލުން ޣައްޒާއާއި ލުބުނާނަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކުގައި ބޭނުންކުރާ ގިނަ ހަތިޔާރުތަކަކީވެސް އެމެރިކާއިން އިޒްރޭލަށް ހަދިޔާކުރި ހަތިޔާރުތަކެކެވެ.
އެމެރިކާއިންވެސް އިޒްރޭލުގް ހަމަލާތަކާއި ދެކޮޅަށް "ދެއްކުންތެރި" ކަމުގެ ބަޔާންތައް ނެރެމުން ދިޔަނަމަވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި އެމެރިކާއިން މަސައްކަތްކުރަނި މެދު އިރުމަތީގައި އެމެރިކާގެ ނުފޫޒު ވަރުގަދަ ކުރުމަށެވެ.
ގުޅުންހުރި

ޓްރަމްޕް އާއި ނިރުބަވެރި ނަތަންޔާހޫ އެކުގައި ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލް!

އެމެރިކާގެ ރާގު ބަދަލުވެއްޖެ: އިޒްރޭލުގެ ސިޔާސަތުތަކަށް ފާޑުކިޔަނީ

އެންޓި މިސައިލް ސިސްޓަމަކާއި އެ އޮޕަރޭޓްކުރާނެ ސިފައިން އެމެރިކާއިން އިޒްރޭލަށް ފޮނުވަން ނިންމައިފި
