
--
އެމެރިކާ އަސްކަރިއްޔާގެ ގައިޑެޑް މިސައިލް ސަބްމެރިންނެއް މެދު އިރުމައްޗަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން އިސްރާއީލާ ދެކޮޅަށް ބަދަލު ހިފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން މެދި އިރުމަތީގައި ގައިޑެޑް މިސައިލް ސަބްމެރިން އެއް ބަހައްޓަން ނިންމައި އެ ސަބްމެރިން މިހާރު މެދު އިރުމައްޗަށް ދަތުރު ފަށާފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައި އެވެ.
މި ނިންމުން އެމެރިކާއިން ނިންމާފައިމިވަނީ އިރާގުގެ ބޯޑަރު ކައިރީގައި އޮންނަ ހުޅަނގުޕްރޮވިންސް ކެރްމަންޝާހުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ހުކުރު ދުވަހު އަސްކަރީ ތަމްރީނުތަކެއް ފަށާފައި ވަނިކޮށެވެ. އަދި އިރާނުން އިޒްރޭލަށް ކުރިޔަށް އޮތް 24 ގަޑިއިރާއި 72 ގަޑިއިރާއި ދެމެދު ހަމަލާދީފާނެ ކަމުގެ މައުލޫމާތުތައްވެސް ދައުރުވާން ފަށާފައިވާ ދަނޑިވަޅެެއްގައި އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާދީއްތަ ދުވަހު އިޒްރޭލުގެ ޑިފެންސް ސެކްރެޓަރީއާ ވާހަކަ ދެއްކި ކަމަށާއި ސަބްމެރިން ފޮނުވުމަށް ނިންމެވީ ޔަހޫދީންއާއި އެކު ކުރި މަޝްވަރާއަކަށްފަހުގައި ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ މައި އޮފީސް ޕެންޓަގަންއިން ވަނީ ނޫސްތަކަށް ކަށަވަރުކޮށްދީފައި އެވެ.
ހަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލީ މިދިޔަ ޖުލައި މަހުގެ 31 ވާ ބުދަ ދުވަހު އިރާނުގެ ވެރިރަށް ތެހެރާނުގައި އެވެ. އޭގެ ފަހުން ބަދަލު ހިފުމަށް އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދީފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ގުޅުންހުރި

ޓްރަމްޕް އާއި ނިރުބަވެރި ނަތަންޔާހޫ އެކުގައި ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލް!

އެމެރިކާގެ ރާގު ބަދަލުވެއްޖެ: އިޒްރޭލުގެ ސިޔާސަތުތަކަށް ފާޑުކިޔަނީ

އެންޓި މިސައިލް ސިސްޓަމަކާއި އެ އޮޕަރޭޓްކުރާނެ ސިފައިން އެމެރިކާއިން އިޒްރޭލަށް ފޮނުވަން ނިންމައިފި
