.jpeg&w=3840&q=75)
ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރުތަކަކަށް ހޫތީންގެ މިސައިލްއާއި ޑްރޯން ހަމަލާތަކެއް!
# ހޫތީންހޫތީން މީގެ ކުރިން އިޒްރޭލަށް ހަމަލާދޭން ފޮނުވާލި މިސައިލެއް
ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަކަށް ޔަމަނުގެ ހޫތީން ހަމަލާތަކެއް ދީފި އެވެ.

ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ މިރޭ ދެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ ރަތް ކަނޑުގައި ތިބި އެމެރިކާގެ ދެ ޑިސްޓްރޯޔަރަކަށް ކްރޫޒް މިސައިލާއި ޑްރޯނަކުން ހަމަލާދީފައިވާ ކަމަށެވެ.
ސާރީ އިތުރަށް ވިދާޅުވީ އެ ޖަމާއަތުން ޖަފާ ސަރަހައްދުގައި ހުރި އަސްކަރީ އަމާޒަކަށް ޑްރޯން އަކުން ބޮން އަޅާފައިވާ ކަމަށެވެ. ޖަފާ ސަރަހައްދަކީ އިޒްރޭލުގެ ދެކުނުގެ ސަރަހައްދެކެވެ.
މި ހަމަލާތަކާއި އެމެރިކާއިން ބަހެއް ބުނެފައި ނުވާއިރު މީގެ އިރުކޮޅެއް ކުރިން ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން ވަނީ އިޒްރޭލަށް އެތެރެވާން މަސައްކަތްކުރި ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް ބުނެފައި އެވެ.
ޔަހޫދީންނަށް އަމާޒުކޮށް ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރަމުންދާ ހަމާސްއިންވެސް ރޭ ވަރުގަދަ ހަމަލާއެއް ދީފައި އެވެ. ރޮކެޓު ބޭނުންކޮށްގެން ދިން ހަމަލާގައި އިޒްރޭލުގެ އަޝްކެލޯންއިން 7 ޔަހޫދީއަކު ވަނީ ޒަހަމްވެފައި އެވެ.