logoEN
Sto top
އެމެރިކާގެ ދެ އުޅަނދަކަށް ހަމަލާދީފިން - ހޫތީން

އެމެރިކާގެ ދެ އުޅަނދަކަށް ހަމަލާދީފިން - ހޫތީން

އަހުމަދު ޝުރާއު

logo

4/21/2025, 11:11:51 AM

# ހޫތީން

އެމެރިކާއަށް ނިސްބަތްވާ ދެ އަމާޒަކަމަށް ހަމަލާތަކެއް ދީފައިވާ ކަމަށް ހޫތީން ބުނެފި އެވެ.

Wamco

ޔަމަނު ހޫތީ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ އަޝްކެލޯން އާއި އުމް އަލް ރަޝްރާޝް ސަރަހައްދުގައި ހުރި އެމެރިކާގެ ދެ އަމާޒަކަށް ޑްރޯން ބޭނުންކޮށްގެން ދެ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

"އެމެރިކާގެ މަތިންދާބޯޓު އުފުލާ އުޅަނދުތައް ކަމަށްވާ ޓްރޫމަން އާއި ވިންސަން އާއި އެ މީހުންގެ ކަނޑުގެ އުޅަނދުތަކަށް ހަމަލާ އަމާޒުކުރީ." އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހަމަލާއާއި ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ. ހޫތީން ވަނީ މީގެ ކުރިންވެސް މި އުޅަނދުތަކަށް ހަމަލާތަކެއް ދީފައި އެވެ.

މި ހަމަލާ ދީފައިވާ ދަނޑިވަޅަކީ އެމެރިކާ ސިފައިން ޔަމަނުގެ މަގުބޫލު މާރުކޭޓަކަށް ހަމަލާއެއް ދީ 12 މީހުން މަރާލައިފައިވާ ދަނޑިވަޅެކެވެ. އެގޮތުން ރޭ އެމެރިކާއިން ދިން މި ހަމަލާގައި އެތައް ބަޔަކު ވަނީ ޒަހަމްވެސް ވެފައި އެވެ.

އެމެރިކާގެ އައު ރައީސް ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ މި ހަމަލާތަކަކީ ބައިނަލްއަގްވާމީ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ރަތް ކަނޑުގެ އުޅަނދުފަހަރަށް ބިރު ދެއްކުން ހުއްޓާލުމަށް ހޫތީންނަށް މަޖުބޫރުކުރުވުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ގުޅިގެން އަދި ފަލަސްތީނާ އެއްބައިވަންތަވުމުގެ ގޮތުން އިސްރާއީލާ ގުޅުން ހުރި އުޅަނދުތަކަށް ހަމަލާތައް ދޭން ފަށާފައެވެ. އެގޮތުން ހޫތީންގެ ހަމަލާތައް އިޒްރޭލަށް ވާގިވެރިޔާ ގައުމުތައް ކަމަށްވާ އެމެރިކާގެ އުޅަނދުތަކަށްވެސް އަމާޒުވެފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside