logoEN
Sto top
ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

އަހުމަދު ޝުރާއު

logo

4/7/2025, 4:48:53 PM

# އެމްޓީސީސީ

--

ލ ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީން ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މިއަދު މިޑިއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންުފުނިން ބުނީ ލ ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަބނަ ފިޔަވަހީގެ ދަށުން ހަދަމުންދާ މަގުތަކުގައި ކޭބަލް ޖަންކްޝަންތަކާއެކު ސަރވިސް ލައިންތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ޕަމްޕް ސްޓޭޝަން ކާސްޓިންގެ މަސައްކަތް ކުރިއަށްދާއިރު، ކާރބް ސްޓޯން ޖެހުމުގެ 73 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މިއާއިއެކު މުޅި މަޝްރޫއުގެ 73 އިންސައްތަ މިހާރު ފުރިހަމަ ވެފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައި އެވެ.

ލ. ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި 27،179 އަކަ މީޓަރުގެ ދުވާ ސަރަހައްދެއް ގާއިމު ކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside