
--
އއ އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ އުކުޅަހު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ހައި ވޯލްޓޭޖް ކޭބަލް ޖަންގްޝަންތައް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވިން ބްލޮކް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި މުޅި މަޝްރޫއުގެ 40 އިންސައްތަ މިހާރު ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 19 އޮކްޓޯބަރ 2022 ގައެވެ. މިއީ ދައުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 2678 މީޓަރުގެ 10 މަގު ތަރައްގީކުރާނެކަމަށެވެ. މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4193 އަަކަމީޓަރުގެ ޕޭމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން 14,452 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
ގުޅުންހުރި

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

އުނގޫފާރުގެ މަގުހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތް ނިމުމަކާއި ގާތަށް!

އުކުޅަހު މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ
