
ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3ގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައި!
# ގއ.ވިލިނގިލި# އެމްޓީސީސީ--
ގއ ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3 ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު އާންމުކޮށްފައި އެވެ. އެގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ސޭންޑްފިލް ބްރޭކްވޯޓަރުގެ ކީވޯލްގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ރިޕްރޮފައިލިންގ މަސައްކަތް ކަމަށެވެ.
މިއާއިއެކު މުޅި މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާކަން އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީއާއި ވިލިނގިލި ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނި 365 ދުވަހުގެ ތެރޭގައި ނިންމުމަށް 50 މިލިއަން ރުފިޔާއަށެވެ.
އެގޮތުން ތިން ވަނަ ފޭސްގެ ތެރެއިން ބަނދަރުގެ އުތުރުކޮޅުގެ 105 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި 88 މީޓަރުގެ ބްރޭކް ވޮޓާރ އެކްސްޓެންޝަން ޖެހުމާއި ކޮންކްރީޓް ސްލެޕް އެޅުމުގެ މަސައްކަތާއި ބަނދަރުގެ 80 މީޓަރުގައި ރިވެޓްމެންޓު ޖެހުމާއި ބަނދަރުގެ ބޭރުތޮށީގައި ކުދި އުޅަނދު ފަހަރު އަޅާނެ ކޮންކްރީޓް ޕްލެޓްފޯމެއްގެ އިތުރުން ބަނދަރުގެ ޓީޖެޓީ ސަރަހައްދުގައި ރޭމްޕެއް ޤާއިމްކުރުން ހިމެނެއެވެ.
ގުޅުންހުރި

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

އުނގޫފާރުގެ މަގުހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތް ނިމުމަކާއި ގާތަށް!

އުކުޅަހު މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ
