logoEN
Sto top
އުނގޫފާރުގެ މަގުހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތް ނިމުމަކާއި ގާތަށް!

އުނގޫފާރުގެ މަގުހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތް ނިމުމަކާއި ގާތަށް!

އަހުމަދު ޝުރާއު

logo

4/7/2025, 9:49:12 AM

# އެމްޓީސީސީ

--

ރ އުނގޫފާރާުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފޭސްގެ މަސައްކަތްތައް ނިމުމަކާއި ގާތްވެފައިވާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނީން ބުނީ އުނގޫފާރު މަގުހެދުމުގެ ދެވަނަ ފޭސްގެ ދަށުން ކެރެޖްވޭ ހެދުމާއި، ސައިޑްވޯކް ޕޭވްމަންޓް ހެދުމާއި، ސަރވިސް ލައިންތައް ބެހެއްޓުމާއި، ސްޓޯމްވޯޓަރ އިންފިލުރޭޝަން ސިސްޓަމްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ ދަސުން މިހާރު ކުރިޔަށްދަނީ ރޯޑް މާކިން އާއި ނިޝާންތައް ކުރެހުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ 98 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައި އެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި އެރަށުގެ 5 މަގެއްގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އެރަށުގެ އެތެރޭގެ 4 މަގަކާއި ބަނދަރު މަގު ހިމެނެއެވެ. އެގޮތުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރުއަޅައި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުން ވެސް މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަކީ 20.42 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު އެރަށުގައި ޖުމްލަ 17 މަގެއް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީ ކުރެވޭނެއެވެ.

އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ ދަށުން 2021 ވަނަ އަހަރު ވަނީ އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside