
--
ޓެރިފް މައްސަލާގައި އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕު ޗައިނާއަށް އިންޒާރުދެއްވައިފި އެވެ.

ޓްރަމްޕު ޗައިނާއަށް ފާޅުގައި އިންޒާރު ދީފައިވަނީ އެމެރިކާއިން ޗައިނާއަށް 34 އިންސައްތައިގެ ޓެރިފް ކަނޑައެޅުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެމެރިކާގެ ހުރިހާ ބާވަތްތަކަކުން 34 ޕަސެންޓް ޓެރިފް ނަގަން ޗައިނާއިން ނިންމުމާއި ގުޅިގެންނެވެ.
އެމެރިކާގެ ރައީސް ޓްރަމްޕު ސޯޝަލް މީޑިއާގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާއިން އެމެރިކާގެ މުދަލުން ނަގާ އިތުރު ޓެރިފްތައް މާދަމާގެ ނިޔަލަށް އަނބުރާ ނުގެންގޮސްފިނަމަ ބުދަ ދުވަހުގެ ކުރިން ޗައިނާއިން އެތެރެކުރާ މުދަލުން 50 އިންސައްތަ ޓެރިފް ނަގާނެ ކަމަށެވެ. އޭގެ އިތުރުން ޑިޕްލޮމެޓިކް އެންގޭޖްމަންޓްތަކަށް ޗައިނާއިން އެދުނަސް އޭގެ ފަހުން އެމެރިކާ އިން އެކަމަށް ދެކޮޅު ހަދާނެ ކަންވެސް ޓްރަމްޕު ހާމަކުރެއްވި އެވެ.
މި އިންޒާރާއި ގުޅިގެން އަދި މިހާތަނަށް ޗައިނާއިން ބަހެއް ބުނެފައިނުވާއިރު ޗައިނާގެ ކޮމާސް މިނިސްޓްރީން ޓެރިފް އިއުލާނުކޮށް ނެރުނު ނޯޓިސްއެއްގައި ބުނީ ކޮމްޕިއުޓާ ޗިޕްސް އަދި އިލެކްޓްރިކް ވެހިކަލް ބެޓެރީ ފަދަ ހައިޓެކް ޕްރޮޑަކްޓްތަކުގައި ބޭނުންކުރާ މެޓީރިއަލްތަކަށް ޓެރިފްގެ އިތުރުން އިތުރު އެކްސްޕޯޓް ކޮންޓްރޯލްތަކެއް އަޅާނެ ކަމަށެވެ. ޗައިނާގެ ނިންމުމާއި އެކު އެމެރިކާގެ ސްޓޮކް މާކެޓަށް ބޮޑެތި ވެއްޓުންތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު އެމެރިކާގެ ގިނަ ވިޔަފާރިވެރިންވެސް ވަނީ ޓްރަމްޕާއި ދެކޮޅު ވެފައި އެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނާގޮތުގައި ޓްރަމްޕުގެ "ރެސިޕްރޯކަލް ޓެރިފް" ސިޔާސަތަކީ ޑަބްލިއުޓީއޯގެ ގަވައިދުތަކާ ވަރަށް ބޮޑަށް ހިލާފު އަދި، ޑަބްލިއުޓީއޯގެ މެމްބަރުންގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގަވައިދުތަކަށް ބިނާވެފައިވާ މަލްޓިލޭޓަރަލް ޓްރޭޑިން ސިސްޓަމާއި ބައިނަލްއަގުވާމީ އިގްތިސާދީ އަދި ވިޔަފާރީގެ ނިޒާމަށް ވަރަށް ބޮޑަށް ބުރޫއަރާ ކަމެއް ކަމަށެވެ.
އެމެރިކާގެ ތަފާސްހިސާބުތައް ދައްކާގޮތުންވެސް އެމެރިކާއިން ޗައިނާއަށް އެކްސްޕޯޓު ކުރާ މުދަލަށްވުރެ ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓު ކުރާ މުދާ ގިނައެވެ.
ގުޅުންހުރި

އެމެރިކާގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި 6 މަރު!

ޓްރަމްޕުގެ ވަރުގަދަ އިންޒާރެއް ޗައިނާއަށް!

އެމެރިކާގެ ބޮޑު ސެކިއުރިޓީ ބްރީޗެއް: ހޫޘީންނަށް ބޮން އެޅުމަށް މަޝްވަރާކުރި ސަރުކާރުގެ ގްރޫޕު ޗެޓަށް " އޮޅިގެން" ނޫސްވެރިއަކު އެޑްކުރެވިފައި!
