logoEN
Sto top
18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތަށް ނިންމުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކައަށް!

18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތަށް ނިންމުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކައަށް!

އަހުމަދު ޝުރާއު

logo

4/7/2025, 1:11:55 PM

# އެޑިއުކޭޝަން މިނިސްޓްރީ

--

18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތަށް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

Wamco

114.9 މިލިއަން ރުފިޔާއަށް މި މަޝްރޫއުތައް ހަވާލުކުރީ އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީ އާއެވެ.

މި މަޝްރޫއުތަކަކީ ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީޚުތައް ބައެއް ކުންފުނިތަކަށް ދިނުމަށް ފަހު ވެސް އެ މަސައްކަތްތައް ފަށާފައިނުވާ މަޝްރޫޢުތަކެކެވެ.

މި 18 މަޝްރޫއުތަކުގެ ތެރެއިން 15 މަޝްރޫއެއް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާއެވެ. އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ،ށ. ބިލެތްފަހި، ރ. އންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، އަދި ލ. މާވަށުގައި ކުރިއަށްދާ މަޝްރޫޢުތަކެވެ. އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ 2 މަޝްރޫއެވެ. އެއީ އއ. މާޅޮސް އަދި އދ. ފެންފުށި އެވެ. އަދި މ.ވޭވަށު ސްކޫލުގެ ނުނިމި ހުރި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

މި މަސައްކަތްތަށް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ. އަދި އާރު.ޑީ.ސީ ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް ސޮއެ ކުރެއްވިއިރު, ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓް ގައި ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside