logoEN
Sto top
ކީސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ނާލޯ އެސެސްމެންޓް ދޭން ފަށަނީ

ކީސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ނާލޯ އެސެސްމެންޓް ދޭން ފަށަނީ

އަހުމަދު ޝުރާއު

logo

4/14/2025, 4:38:19 PM

# އެޑިއުކޭޝަން މިނިސްޓްރީ

--

އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދެވޭ ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ)، މިއަހަރުން ފެށިގެން މުޅިން އަލަށް، ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ދޭން ނިންމައިފި އެވެ.

Wamco

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިން މިއެސެސްމެންޓް ދޭނެ ކަމަށެވެ. މި މާއްދާތަކުގެ އިމްތިހާނުތައް އޮންނާނީ އޭޕްރީލް 27 އިން 29 އަށެވެ.

އަދި ދެވަނަ ޓާމުގައި ދިވެހި، އިސްލާމް މި ދެ މާއްދާގެ އެސެސްމެންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މި މާއްދާތަކުގެ އިމްތިހާން އޮންނާނީ ސެޕްޓެމްބަރު 2 އިން 3 އަށެވެ.

މިއީ އިސްލާމް މާއްދާއިން ނާލޯ ފަދަ އެސެސްމެންޓެއް ދެވޭ ފުރަތަމަ ފަހަރެވެ.

ނާލޯ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ޤައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside