
--
ސްކޫލުތަކަށް އިނގިރޭސި ފޮތް ފޯރުކޮށްދިނުމަށްޓަކައި ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ ގުޑްލައިފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެގްރީމަންޓްގައި ސޮއިކުރެއްވީ ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދެވެ.އަދި ގުޑްލައިފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާޝިދެވެ.
މި މަސައްކަތަކީ އެޓޯލް އެޑިޔުކޭޝަން ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓްއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމުކުރެވިފައިވާ ޕްރޮޖެކްޓްއެކެވެ.
ގުޅުންހުރި

ސިންގަޕޫރާއިއެކު ތަޢުލީމީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޖީޕީއީގެ އޭޝިއާ-ޕެސިފިކް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ކުޑަކުދީންގެ ދުވަހުގެ ޚާއްސަ ހަރަކާތްތަށް މިއަދު ގްރޭޓަރ މާލޭގެ 5 ސަރަޙައްދެއްގައި!
