logoEN
WAMCO TOP 1
ލަންކާގެ އެއާޕޯޓަކަށް އެއް ދުވަހަށް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ދަރަޖަދީފި

ލަންކާގެ އެއާޕޯޓަކަށް އެއް ދުވަހަށް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ދަރަޖަދީފި

އަހުމަދު ޝުރާއު

logo

4/7/2025, 8:59:53 AM

# ސްރީ ލަންކާ

--

ލަންކާގެ އެއާޕޯޓަކަށް އެއް ދުވަހަށް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ސްޓޭޓަސްދީފި އެވެ.

THE TRAVELLER AD

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ސްޓޭޓަސް ދިނީ އަނޫރާދަޕޫރާ އެއާ ބޭސްއަށެވެ. އެގޮތުން އެ އެއާބޭސްއަށް އިންޓަނޭޝަލް އެއާޕޯޓެއްގެ ސްޓޭޓަސް ދިނީ ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމަށް ކުރެއްވި ޒިޔާރާތަށްފަހު އެނބުރި އިންޑިއާއަށް ވަޑައިގަތުމަށް އެއާޕޯޓު ބޭނުންކުރުމަށެވެ.

ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މިގޮތަށް ރަސްމީކޮށް ނިންމާފައިވަނީ އަސްކަރީ ވައިގެ ސަރަހައްދަށް އެއް ދުވަހުގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަރަޖަ ދިނުމަށް ހުކުރު ދުވަހު ގެޒެޓްކުރި އިއުލާނެއްގެ ޒަރިއްޔާއިން ކަމަށެވެ.

މޯދީ އާއި އޭނާގެ ކޯ ސެކިއުރިޓީ ޓީމް އަނޫރާދަޕޫރާއިން އިންޑިއާގެ ދެކުނުގެ ރާމޭޝްވަރަމް އަށް ފުރާފައިވަނީ ސްޕެޝަލް ކްލިއަރެންސްގެ ދަށުންނެވެ. އިމިގްރޭޝަނާއި އެމިގްރޭޝަންގެ އޮފިޝަލުން ވަނީ ފުރުމުގެ ކަންކަން ޕްރޮސެސް ކުރުމަށް އާދީއްތަ ދުވަހު އެއާޕޯޓުގައި ހަރަކާތްތެރިވެފަ އެވެ.

ސްރީލަންކާގެ ވައިގެ ދަތުރުފަތުރުގެ ޤަވާއިދުގައިވާ ގޮތުން ސަރުކާރުން ގެޒެޓްކުރާ އިއުލާނެއްގެ ދަށުން އެ އެއަރޕޯޓްތައް އިންޓަރނޭޝަނަލްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިގެން ނޫނީ އެތެރޭގެ ވައިގެ ބަނދަރުތަކުން ބޭރުގެ މަންޒިލްތަކަށް މަތިންދާބޯޓުތައް ނުފުރޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC