
ބަޑިން ހަމަލާދީ ޝަހީދުކޮށްލި އުމަރު މުހައްމަދު ސާދާ ރާބީ.
ފަލަސްތީނުގެ 14 އަހަރުގެ ކުއްޖެއްގެ ގަޔަށް ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ވަފާ ނޫހުން ރިޕޯޓުކުރާ ގޮތުގައި ފަލަސްތީނުގެ ރަމަاللهގެ އިރުއުތުރުގައި އޮންނަ ތުރުމުސް އައްޔަ އަވަށުގެ ކައިރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުކޮށް، އިތުރު ދެ މީހަކު ވަނީ ޒަހަމްކޮށްލާފައި އެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ވަފާ ވިދާޅުވީ ޝަހީދުވި ކުއްޖާއަކީ އުމަރު މުހައްމަދު ސާދާ ރާބީ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ ކުއްޖާ ޝަހީދުވެފައިވަނީ އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާގެ ސަބަބުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށެވެ.
ޔަހޫދީން ހުޅަނގު އައްސޭރީގެ އަވަށްތަކުގައި ރެއިޑްގެ ނަމުގައި ގިނަ ޖަރީމާތަކެއް ހިންގަމުންދާއިރު އުމުރުން 12 އަހާރާއި 18 އަހަރުގެ ގިނަ އަދަދެއްގެ ޒުވާނުންނަށް ސީދާ އަމާޒުކޮށް ހަމަލާދީ ބައެއް ކުދިން ހައްޔަރުވެސް ކޮށްފައި ވެއެވެ.
ގުޅުންހުރި

އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދަންޖެހޭ - ރާއްޖެ

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަންރުވާއަށް 50,000 ޑޮލަރު ހަދިޔާކުރަން ރާއްޖެއިން ނިންމައިފި




