
ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމު އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެ: ޠާރިޤު
# އެންވަޔަރަމަންޓް މިނިސްޓްރީ--
ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމު އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތޯރިގް މިފައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަފުށްޓަށް ކުރެއްވި ޒިޔާރާތަށްފަހު އެދުވަހު މީޑީއާތަކަށް ދެއްވި އިންޓަވިއުއެއްގައި އެވެ.
އެގޮތުން ތިލަފުށްޓަށް ކުރެއްވި ޒިޔާރަތެއްގައި، އެ ސަރަޙައްދުގައި ހުރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ބައްލަވާލައްވައި، އެތަނުގައި ހުރި ގޮންޖެހުންތައް ދެނެގެންފައިވާ ކަމަށާއި މީގެ އިތުރުން، އަންނަ ތިން އަހަރުގެ ތެރޭގައި ކުނި އެއްކޮށް ޕްރޮސެސްކުރުމަށް އައު ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށް ތާރިގު ވިދާޅުވިއެވެ. އަދި ކުނިން ހަކަތަ އުފއްދާ މަޝްރޫޢުގެ ދަށުން އުފައްދާ 10 މެގަވޮޓްގެ ހަކަތަ ބޭނުންކުރާނީ މާލެ ސަރަޙައްދުގައިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރައީސް ޑރ.މުޢިއްޒުގެ ތިލަފުށީ ޒިޔާރާތުގައި، މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށޭނެކަމަށްވެސް އިޢުލާނުކުރައްވާފައިވެއެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެކަމަށް އުންމީދުކުރެވޭ ކަމަށާއި އަދި ހަމައެހެންމެ، ކުނިން އުފައްދާ ހަކަތައިން މާލެ ސަރަޙައްދުގެ ކަރަންޓުގެ ބޭނުންތަކަށް އެހީތެރިވެދޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.
ގުޅުންހުރި

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެއިން ތެލަށްކުރާ ހަރަދުން އަހަރަކު 125 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މަޝްރޫއުއެއް!

ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި
