
ޓޮޓެންހަމް އަތުން ބަލިވެ ސައުތްހެމްޓަން ރެލިގޭޓްވެއްޖެ
# ޓޮޓެންހަމް# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ސައުތުހެމްޓަންޓޮޓެންހަމް އާއި ސައުތުހެމްޓަން ވާދަކުރި މެޗުގެ ތެރެއިން
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން ބަލިވެ، ލީގުގައި ބާކީ ހަތް މެޗު އޮއްވައި ސައުތުހެމްޓަން ރެލިގޭޓް ވެއްޖެއެވެ.

ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ޗެލްސީ އަތުން ބަލިވެފައިވާއިރު، ސައުތުހެމްޓަން އެންމެ ފަހުން ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، މި ދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވޭލްސްގެ ފޯވާޑް ބްރެނާން ޖޯންސަން އެވެ. އަދި ސައުތުހެމްޓަން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު މަތިއުސް ފެނާންޑޭސް އެވެ.
މި ނަތީޖާއާއެކު ލީގުގައި ކުޅުނު 31 މެޗުން ޓޮޓެންހަމްއަށް 37 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ސައުތުހެމްޓަން ލީގުގައި ކުޅުނު 31 މެޗުން ހޯދި 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގު ފުލުގައެވެ.
މީގެ އިތުރުން ލީގުގައި ބާކީ އޮތް ހަތް މެޗުން މޮޅުވި ނަމަވެސް ސައުތުހެމްޓަންއަށް ގިނަވެގެން ހަމަކުރެވޭނީ 31 ޕޮއިންޓެވެ. އަދި ލީގު ތާވާލުގެ 17 ވަނައިގައި މިވަގުތު އޮތް ވުލްވްސްއަށް 32 ޕޮއިންޓް ލިބިފައިވުމާއެކު އެޓީމު ވަނީ ބާކީ ހަތް މެޗު އޮއްވައި އިނގިރޭސި ޗެންޕިއަންޝިޕަށް ރެލިގޭޓްވެފައެވެ.
މިއާއެކު ސައުތުހެމްޓަން ވެގެންގޮސްފައިވަނީ ޕްރެމިއާ ލީގުގެ ތާރީހުގައި މިހާތަނަށް އެންމެ އަވަހަށް ރެލިގޭޓްވި ޓީމަށެވެ. 1992 ވަނަ އަހަރު ޕްރިމިއަރ ލީގު ރީބްރޭންޑްކުރި ފަހުން މިހާތަނަށް އެންމެ އަވަހަށް ރެލިގޭޓްވި ޓީމުގެ ރެކޯޑް އޮތީ ޑާބީ ކައުންޓީ އަދި ހަޑަސްފީލް އަތުގައެވެ. މިދެޓީމު ވެސް މީގެ ކުރިން ރެލިގޭޓްވެފައި ވަނީ ލީގުގައި 32 މެޗު ކުޅުނު ފަހުންނެވެ.