
ޣައްޒާއިން މިއަދު އެކަނިވެސް 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުގެ ފަތިހުން ފެށިގެން މިވަގުތާއި ހަމައަށް މިހާތަނަށް 38 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ. އަދި 40 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި އެވެ.
މިއަދުގެ ހަމަލާތަށް ޔަހޫދީން އެންމެ ބޮަޑަށް އަމާޒުކުރީ ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށެވެ. އެގޮތުން ޚާން ޔޫނުސް ފަދަ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާއިރު ދެކުނުގެ ސަރަހައްދުތަކުން އެކަނިވެސް 30 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ.
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ 17 މަސްދުވަހީ ބޮޑު ގަތުލުއާންމުގައި މިއަދާއި ހަމައަށް 50،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
ގުޅުންހުރި

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 50،900 އަށްވުރެ މައްޗަށް!

ޔަހޫދީންގެ ހަމަލާތަކުގައި މިއަދު ޣައްޒާއިން 21 މީހަކު ޝަހީދުވެއްޖެ

ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 35 މީހަކު ޝަހީދުކޮށްލުމަށްފަހު ޔަހޫދީން އެކަން ދިފާއުކޮށްފި
