
ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް، މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ!
# ރައީސް މުއިއްޒު--
ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް "އިންވެސްޓްކުރަން" ނުވަތަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި "ޕްރިވެންޓިވް ހެލްތު ކެއަރ" ނުވަތަ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ޞިއްޙީ ދާއިރާއިން އިސްކަންދޭން ބޭނުންފުޅުވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ހަޤީޤަތުގައި، ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން "ޕްރިވެންޓިވް ހެލްތު ކެއަރ" އަށް މަގުފަހިކުރުމުގެ ގޮތުން ތަރުކާރީއާ މޭވާގެ ބާވަތްތަކާއި، ރަނގަޅު ކާނާ ލިބޭނެ މަގުފަހިކޮށްދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޫދު ކަސްރަތަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ފާހަގަކުރައްވައި، މޫދަށް އެރޭނެ ތަންތަން ނެތް ރަށްރަށުގައި، މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެކި މަޝްރޫޢުތަކުގެ ތެރޭގައި މޫދަށް އެރޭނެ ތަންތަން ހިމަނައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުޑަކުދިންވެސް ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް، ކުޑަކުދިންގެ ޕާކްތައް ހަދަމުންދާކަންވެސް ރައީސުލްޖުމްހުރިއްޔާ މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށްވެސް ހަމަޖެހުން ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށާއި، ސަލްޓަން ޕާކް މަރާމާތުކުރުމަށް ކުރައްވާނެ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެ ޕާކް ތަރައްޤީ ކުރައްވާނީ "އެޑްވެންޗަރަސް" ކަންކަން ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ހިންގާ ކުޅިވަރާގުޅުންހުރި މަޝްރޫޢުތައް ހިންގަވަނީވެސް "ޕްރިވެންޓިވް ހެލްތު ކެއަރ"އަށް މަގުފަހިކުރުމުގެ މަޤްޞަދު ހާސިލުކުރެވޭނެ ގޮތަށްކަމަށެވެ.
މިއަދުގެ ޕޮޑްކާސްޓުގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ހިންގޭ ޕަބްލިކް ހެލްތުގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ދަމަނަވެށީގެ ޚިދުމަތް ކޮންމެ އަތޮޅެއްގައި ދިނުމަށް، މަސައްކަތްޕުޅުތަކެއް ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާ ކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ތަންފީޒުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި ކަންކަން މި ފަދައިން ކުރެވުމާއެކު، ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދު ކުރެވި، ރާއްޖޭގައި ތިބެގެން ޞިއްޙީ ޚިދުމަތް ހޯދުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދުގެ ޙާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ޙާލަތްތައް މެދުވެރިވާ ކަމަށާ، ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބަލިޖެހޭ ހިސާބުން، ރާއްޖޭގައި ތިބިގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސް މުއިއްޒު، ޔުނިވަރސިޓީ އޮފް ލީޑްސް އަށް ޒިޔާރަތްކުރައްވައިފި
ޔޫކޭގައި ކިޔަވާ ދިވެހި ދަރިވަރުން ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުންއައި އިމާރާތް އަލުން އެދަރިވަރުންނަށް!

އަންހެނުންގެ ޙައްޤުތަކަށް ވަކާލާތްކޮށް ބާރުވެރިކުރުވުމަށް ރާއްޖެ އޮތީ ތައްޔާރަށް - ރައީސް
ފަހުގެ

ސްރީލަންކާގެ އެންމެ މަތީ ޝަރަފު މޯދީއަށް އަރުވައިފި

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ގުޅީ ބިންހިއްކަން ފަށައިފި

ވީއައިއޭއިން ފުރަން ދިޔަ ޕަސެންޖަރެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރޮނާލްޑޯގެ ދެލަނޑާއެކު އަލް ނަސްރުން އަލް ހިލާލް ބަލިކޮށްފި
