
--
ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ޕަސެންޖަރެއްގެ އަތުން ގިނަ އަދަދެއްގެ ވަޒަންތަކެއް ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ރޭ ވީއައިއޭއިން ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލައާއި ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެމީހާއަކީ ޓުއަރިސްޓު ވިސާގައި ރާއްޖެ އައުމަށްފަހު ފުރުން ދިޔަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 6 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް އިތުބާރުހުރި ބައެއް މަސްދަރުތަކުން ގާފު ނޫހަށް މައުލޫމާތު ދޭގޮތުގައި އެމީހާ އަކީ ރޭ އެމިރޭޓްސްގެ EK653 އިން މާލެއިން ދުބާއާއި ފުރުމަށް ހަމަޖެހުނު މީހެކެވެ. އޭނާގެ ލަގެޖުން ވަޒަންތައް ފެނުމާއި އެކު ސިފައިން ވަނީ ހުއްޓުވައި އޭނާއާއި ގިނަ އިރުތަކެއް ވަންދެން ސުވާލުކޮށްފައި އެވެ.
ގުޅުންހުރި

ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ދެ ބީދޭސީއަކު ހައްޔަރަށް!

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން މީހަކު ހައްޔަރުކޮށްފި
