
ޚާން ޔޫނުސްގެ ގެޔަކަށް އަމާޒުކޮށް ބޮން އަޅައި ދެ ކުޑަކުދިން ހިމެނޭހެން ހަ މީހަކު ޝަހީދުކޮށްލައިިފި
# ޣައްޒާޣައްޒާގެ ދެކުނުގެ ޚާން ޔުނިސްގެ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުދިންތަކެއް ހިމެނޭހެން ހަ މީހަކު ޝަހީދުކޮށްލައިފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދިންގެ މި ހަމަލާގައި ދެ ކުޑަކުދިން ވަނީ ޝަހީދުވެފައި އެވެ. އަދި ގިނަ ބަޔަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް މިއަދު ހަތަރު ފަހަރެއްގެ މަތިން ޔަހޫދީންގެ ވައިގެ ހަމަލާތަކެއް ވަނީ ދީފައި އެވެ.
އަދި މިއަދު ހެނދުނުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 11 މީހަކު ޝަހީދުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގައި އީދު ފާހަގަކުރުމުގެ ފުރުސަތު ނުދީ ޔަހޫދީން އިއްޔެ ޣައްޒާއަށް ބޮޑެތި ހަމަލާތަކެއް ދިނެވެ. އެގޮތުން އެހަމަލާތަކުގައި 40އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ.
ގުޅުންހުރި

ޚާން ޔޫނުސްގެ ގެޔަކަށް އަމާޒުކޮށް ބޮން އަޅައި ދެ ކުޑަކުދިން ހިމެނޭހެން ހަ މީހަކު ޝަހީދުކޮށްލައިިފި

އީދު ފާހަގަކުރަން ޣައްޒާގެ ކުޑަކުދިންނަށް ތައްޔާރުކޮށްފައި ހުރި ޕްލޭގްރައުންޑަކަށް ޔަހޫދީން ބޮން އަޅައިފި

އީދަކަސް ޔަހޫދީންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް: މިއަދުގެ މިހާތަނަށް 35 މީހަކު ޣައްޒާއިން ޝަހީދުކޮށްލައިފި
