logoEN
Sto top
އީދު ފާހަގަކުރަން ޣައްޒާގެ ކުޑަކުދިންނަށް ތައްޔާރުކޮށްފައި ހުރި ޕްލޭގްރައުންޑަކަށް ޔަހޫދީން ބޮން އަޅައިފި

އީދު ފާހަގަކުރަން ޣައްޒާގެ ކުޑަކުދިންނަށް ތައްޔާރުކޮށްފައި ހުރި ޕްލޭގްރައުންޑަކަށް ޔަހޫދީން ބޮން އަޅައިފި

އަހުމަދު ޝުރާއު

logo

3/30/2025, 7:02:29 PM

# ޣައްޒާ

-

މިއަދު ފާހަގަކުރަމުންދާ ފިތުރު އީދު ދުވަހާއި ދިމާކޮށް ޣައްޒާގެ ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ތައްޔާރުކުރި ޕްލޭގްރައުންޑަކަށް ޔަހޫދީން ބޮން އަޅައިފި އެވެ.

Wamco

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން މިރޭ ޑްރޯން ހަމަލާއެއް ދީފައިވަނީ ޣައްޒާގެ ސަރަހައްދެއްގައި ކުޑަކުދިންނަށް ތައްޔާރުކޮށްފައިވާ ޕްލޭގްރައުންޑު ސަރަހައްދުގައި އޮތް ދެ ކާރަކަށް އަމާޒުކޮށެވެ.

އެގޮތުން މި ހަމާަލާގައި ބައެއް މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރަމުންދާއިރު ޝަހީދުވީ ކިތަށް މީހުން ކަމެއް އަދި ކަށަވަރެއް ނުކުރެވެއެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމޭނެކަމެއްވެސް އަދި ކަށަވަރެއް ނުވެއެވެ.

އީދު ދުވަހާއި ދިމާކޮށް ޔަޙުދީން މިއަދު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު ހަމަލާތަކުގައި 40 އަށް ވުރެ ގިނަ މީހުން މިއަދުގެ މިވަގުތާއި ހަމައަށް ވަނީ ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި މިއަދު ހެނދުނު ދިން ހަމަލާއެއްގައި ޝަހީދުކޮށްލި 5 ކުޑަކުދިންވެސް ހިމެނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside