logoEN
Sto top
އީދަކަސް ޔަހޫދީންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް: މިއަދުގެ މިހާތަނަށް 35 މީހަކު ޣައްޒާއިން ޝަހީދުކޮށްލައިފި

އީދަކަސް ޔަހޫދީންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް: މިއަދުގެ މިހާތަނަށް 35 މީހަކު ޣައްޒާއިން ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

3/30/2025, 4:54:28 PM

# ޣައްޒާ

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

Wamco

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން މިއަދު ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ ގެދޮރުގެއްލި ޓެންޓުތަކުގައި އުޅެން މަޖުބޫރުވެފައިވާ ޣައްޒާ ރައްޔިތުންނަށެވެ. އެގޮތުން މިއަދު ފަތިހުން ފެށިގެން އެކި ފަހަރު މަތިން ވައިގެ ހަމަލާތައް ޔަހޫދީން ވަނީ މި ޓެންޓުތަކަށް ދީފައި އެވެ.

މި ހަމަލާތަކުގައި މިއަދު 35 މީހަކު މިހާތަނަށް ޝަހީދުކޮށްލާފައިވެއެވެ.

ޔަހޫދީންގެ ހަމަލާތައް މިއަދު އަމާޒުވި މީހުންގެ ތެރޭގައި ޚާން ޔޫނުސްގައި އީދަށް ނަލަވެ ހެދުން އަޅައިގެން ތިބި ކުޑަކުދިން ވެސް ހިމެނެއެވެ. އެގޮތުން ހެނދުނު ދިން ހަމަލާއެއްގައި 5 ކުޑަކުއްޖަކު ވަނީ ޝަހީދުކޮށްލާފައި އެވެ.

މީގެ އިތުރުން ރަފާހްއަށްވެސް ބޮޑެތި ހަމަލާތަކެއް ޔަހޫދީން ދިން އިރު މި ދެ ސިޓީވެސް އޮންނަނީ ޣައްޒާގެ ދެކުނުގައެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަަދަދު މިހާރު ވަނީ 50.200 އަށްވުރެ މައްޗަށް އަރާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside