logoEN
Sto top
އީދު ފެށުމާއި ދިމާކޮށް ޣައްޒާއަށް ދިން ހަމަލާތަކުގައި 5 ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

އީދު ފެށުމާއި ދިމާކޮށް ޣައްޒާއަށް ދިން ހަމަލާތަކުގައި 5 ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

3/30/2025, 7:14:59 AM

# ޣައްޒާ

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާ ފިތުރު އީދު ދުވަސް ޣައްޒާގައި ފެށީ ޔަހޫދީންގެ އަނިޔާވެރިކަމުގެ ތެރެއިންނެވެ. އެގޮތުން މިއަދު ފަތިހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުންނެވެ.

Wamco

މިގޮތުން މިއަދު ޔަހޫދީން ދިން ހަމަލާތަކުގައި 9 މީހަކު ޝަހީދުވި އިރު އޭގެ ތެރޭގައި 5 ކުޑަކުދިން ހިމެނެއެވެ.

ޔަހޫދީން ހަމަލާތައް ދީފައިވަނީ ޚާން ޔޫނުސްއާއި ޖަބަލިއާގެ ސަރަހައްދުތަކަށް ކަމަށް ވާއިރު މި ސަރަހައްދުތަކަކީ ޔަހޫދީންގެ ހަމަލާތަކާއި ގުޅިގެން ގެދޮރު ގެއްލި ގިނަ ބަޔަކު ރެފިއުޖީ ޓެންޓުތަކުގައި އުޅެމުންދާ ސަރަހައްދުތަކެކެވެ.

މީގެ އިތުރުން ދާދި ދެންމެ އަކުވެސް ޔަހޫދީން ވަނީ ޣައްޒާގެ ރަފާހް ސަރަހައްދަަށް ވަރުގަދަ ހަމަލާތަކެއް ދީފައި އެވެ.

ޣައްޒާގެ ސިއްހީ ވުޒާޜާއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިމަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް ޣައްޒާއިން 921 މީހަކު ވަނީ ޝަހީދުވެފައި އެވެ. އަދި 2054 މީހަކު ވަނީ ޒަހަމްވެފައި އެވެ. މިމަހުގެ 18 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާތައް ފަށައި ދިން ވަރުގަދަ ހަމަލާތަކުގައި އެންމެ 24 ގަޑިއިރުގެ ތެރޭގައި ގިނަ ބަޔަކުޔ ޝަހީދުކޮށްލި އިރު އޭގެ ތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިންވެސް ހިމެނެެއެވެ.

ހަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް އަދި މިހާތަނަށް ޔަހޫދީން ދީފައިނުވާއިރު 2023 އޮކްޓޯބަރުގައި ފެށުނު މި ގަތުލުއާންމުގައި މިހާތަނަށް ޣައްޒާއިން 50,277 މީހުން ޝަހީދުވެ 114,095 ވަނީ ޒަހަމްވެފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside