logoEN
Sto top
ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ލެވޮންޑަސްކީގެ ދެލަނޑާއެކު ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

3/31/2025, 1:01:08 AM

# ޖިރޯނާ # ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ# ދިވެހި ކުޅިވަރު # ސްޕެނިޝް ލަ ލީގާ

ޖިރޯނާ ކޮޅަށް ލަނޑުޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ...

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

Wamco

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން އޮސަސޫނާ އަތުން މޮޅުވެފައިވާއިރު، ޖިރޯނާ އިން އެންމެ ފަހުން ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ވެސް ބާސެލޯނާ އިން ކާމިޔާބުކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެއެވެ.

އިންޓަނޭޝަނަލް ބުރޭކަށްފަހު ބާސެލޯނާ އިން ފާއިތުވެދިޔަ ތިން ދުވަސް ތެރޭގައި ކުޅުނު ދެވަނަ މެޗުގައި ވެސް އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާގެ ކުޅެފައި ނުވާއިރު، އަނިޔާގެ ސަބަބުން އޮސަސޫނާއި ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅޭ ޒުވާން ޑިފެންޑަރު ޕައުލޯ ކުބާސީ ވަނީ މިމެޗުގެ ފަހު 10 މިނެޓުގައި ކުޅެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައެވެ. މިލަނޑަކީ ޖިރޯނާގެ ޕެނަލްޓީ އޭރިއާ ބޭރުން ބާސެލޯނާއަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ ލަމީން ޔަމާލް ކުރިއަށް ފޮނުވާލި ބޯޅަ ދިފާއިކުރަން އުޅުމުގެ ތެރޭގައި ޖިރޯނާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން އަށްވަަނަ މިނެޓުގައި ޖިރޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މިލަނޑެ އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަރްނަޓް ޑަންޖޫމާ އެވެ.

ބާސެލޯނާ އިން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު ފަހުހާގެ 61 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ކާމިޔާބުކޮށްދިންއިރު، މެޗުގެ 77 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް ލެވަންޑޮސްކީ އެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ލީގުގައި އެންމެ ފަހުން ކުޅުނު 28 މެޗުގައި ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 25 އަށް އަރާފައެވެ.

މީގެ އިތުރުން އެޓީމުގެ ހަތަރުވަނަ ލަނޑު ފަހުހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފެރާން ޓޮރޭސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެން ގޮސްފައިވަނީ 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 29 މެޗުން ބާސެލޯނާއަށް 66 ޕޮއިންޓް ލިބިފައިވާއިރު، ތިން ޕޮއިންޓްގެ ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޖިރޯނާ އިން ލީގުގައި ކުޅުނު 29 މެޗުން ލިބުނު 34 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside