logoEN
Sto top
ޝީޝާ ޔުނިޓީ ފުޓަސަލް ޗެލެންޖު 2025 ގެ ޗެންޕިއަންކަން ރަސްގެދަރަ އިން ހޯދައިފި

ޝީޝާ ޔުނިޓީ ފުޓަސަލް ޗެލެންޖު 2025 ގެ ޗެންޕިއަންކަން ރަސްގެދަރަ އިން ހޯދައިފި

ހަސަން ޝަމްއޫން

logo

3/30/2025, 7:54:32 PM

# ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 # ދިވެހި ކުޅިވަރު

ރަސްގެދަރަ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް / ހާޒިމް

މިހާރު ކުރިއަށް ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެސްކޭޕީ ޔުނައިޓެޑް ބަލިކޮށް ކުލަބު ރަސްގެދަރަ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

ރަސްގެދަރަ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މައިލޯ ބަލިކުރުމަށްފަހު އެވެ. އަދި އެސްކޭޕީ ޔުނައިޓެޑް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 8-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްއެފް ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރަސްގެދަރަ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު ރަސްގެދަރަ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެސްކޭޕީ ޔުނައިޓެޑް ކުރިއަށްޖެހި ލަނޑެއްޖެހޭތޯ މަސައްކަތްކުރި ނަމަވެސް މިހާފުގައި ބެސް ރަސްގެދަރަ އިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ރަސްގެދަރަ ޓީމުގެ އަހުމަދު އަޔާޒް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ކެޕްޓަން ހަސަން މިފްރާޙް އަދި އިބްރާހިމް ޒާހީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަސްގެދަރަ ޓީމުގެ އަހުމަދު އަޔާޒް އެވެ.

undefined

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޝާޝް ޝަރީފް( އެސްކޭޕީ ޔުނައިޓެޑް)، ހަސަން ސަހާފް (އެސްކޭޕީ ޔުނައިޓެޑް)، އިބްރާހިމް ޒާހީ (ކުލަބު ރަސްގެދަރަ)، އަހުމަދު އަޔާޒް (ކުލަބު ރަސްގެދަރަ) އަދި ހުސެއިން ޝަޒުވާން (ކުލަބު ރަސްގެދަރަ) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ އިބްރާހިމް ޒާހީ އެވެ. އޭނާ ވަނީ މިމުބާރާތުގައި ކުޅުނު ފަސް މެޗުގައި ޖުމްލަ ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. އަދު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމް ހޯދީ އެސްކޭޕީ ޔުނައިޓެޑްގެ ޒުވާން ގޯލްކީޕަރ އަލީ މާއިސް ހުސެއިންއެވެ.

undefined

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ރަސްގެދަރަ ޓީމުގެ ކޯޗު އާދަމް ޒާހިރު ހޯދިއިރު، މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ކުލަބު ރަސްގެދަރަ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ރަސްގެދަރަ ޓީމުގެ އަހުމަދު އަޔާޒްއެވެ.

18 މާރިޗު 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެހެނިހެން އިނާމުތަކާއެކު މުބާރާތުގެ ޖުމްލަ އިނާމު ފައިސާގެ އަދަދު 1،00،000 ރުފިޔާއަށްވުރެ ގިނައެވެ. އަދި މީގެ އިތުރުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި އެންމެ މަޤްބޫލް ސައިކަލް ބްރޭންޑް ކަމުގައިވާ ޖަޕާނުގެ މަޝްހޫރު ހޮންޑާ ކުންފުނީގެ އޮތޮރައިޒްޑް ޑިސްްޓްރިބިއުޓާރ ޝީޝާ އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside