logoEN
Sto top
26 ކުޅިވަރު މަޝްރޫޢެއް އެމްޓީސީސީއަށް!

26 ކުޅިވަރު މަޝްރޫޢެއް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

3/29/2025, 5:56:41 PM

# އެމްޓީސީސީ

--

26 ކުޅިވަރު މަޝްރޫޢުއެއް ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކު ސޮއިކޮށްފިއެވެ.

Wamco

ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ އަސާސީ ވަސީލަތްތއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން 77 ކުޅިވަރު ވަސީލަތެއް ތަރައްގީކުރުމަށް މިއަދު ތިން އެސްއޯއީއަކާއެކުވަނީ ސޮއިކޮށްފައެވެ. މިގޮތުން އެމްޓީސީސީއާއެކު އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނީ ތަފާތު ހަތަރު ދާއިރާއެއްގެ ކުޅިވަރު ވަސީލަތްތަކެއް ތަރައްގީކުރުމަށެވެ.

މިއަދު ހެންވޭރު ބޯޅަގޭގައި އޮތް ރަސްމިއްޔާތުގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރު ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓެއާޑް އަޙްމަދު ސައުދީއެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 11 އައުޓްޑޯ ޖިމް ތަރައްޤީކުރުމާއި، 10 ފިޓްނަސް ރެކްރިޢޭޝަން ސެންޓަރު ތަރައްޤީކުރުމުގެ އިތުރުން ތިން ފުޓްބޯޅަ ދަނޑާއި، ވޮލީބޯޅަ ދެ ކޯޓު އެޅުމެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside