logoEN
Sto top
ފާއިތުވި 10 ދުވަހުގެ ތެރޭގައި ޣައްޒާއިން 900 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ފާއިތުވި 10 ދުވަހުގެ ތެރޭގައި ޣައްޒާއިން 900 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

3/29/2025, 9:49:46 AM

# ޣައްޒާ

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ހަމަލާތައް މިދިޔަ މަހުގެ ތެރޭގައި ހުއްޓާލުމަށްފަހު އަލުން ހަމަލާތައް ފެށިތާ 10 ދުވަހުގެ ތެރޭގައި ޣައްޒާއިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

Wamco

ޣައްޒާގެ ސިއްހީ ވުޒާޜާއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 25 މީހަކު ވަނީ ޝަހީދުވެފައި އެވެ. އަދި 70 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި އެވެ.

މިއާއި އެކު މިމަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް ޣައްޒާއިން 921 މީހަކު ވަނީ ޝަހީދުވެފައި އެވެ. އަދި 2054 މީހަކު ވަނީ ޒަހަމްވެފައި އެވެ. މިމަހުގެ 18 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާތައް ފަށައި ދިން ވަރުގަދަ ހަމަލާތަކުގައި އެންމެ 24 ގަޑިއިރުގެ ތެރޭގައި ގިނަ ބަޔަކުޔ ޝަހީދުކޮށްލި އިރު އޭގެ ތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިންވެސް ހިމެނެެއެވެ.

ހަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް އަދި މިހާތަނަށް ޔަހޫދީން ދީފައިނުވާއިރު 2023 އޮކްޓޯބަރުގައި ފެށުނު މި ގަތުލުއާންމުގައި މިހާތަނަށް ޣައްޒާއިން 50,277 މީހުން ޝަހީދުވެ 114,095 ވަނީ ޒަހަމްވެފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside