logoEN
Sto top
4 ހޮސްޕިޓަލާއި ސިއްހީ މަރުކަޒެއްގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއަށް!

4 ހޮސްޕިޓަލާއި ސިއްހީ މަރުކަޒެއްގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

3/28/2025, 7:10:04 PM

# އެމްޓީސީސީ

--

ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.

Wamco

މި އެއްބަސްވުން ތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

އެމްޓީސީސީ އާއި ޙަވާލުކުރެވުނު މަސައްކަތް

1. ހދ. ނެއްލައިދޫ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 11،197،462.90ރ.

މުއްދަތު: 450 ދުވަސް

2. ށ. މިލަންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 110،878،732.12ރ.

މުއްދަތު: 600 ދުވަސް

3. ކ. ތުލުސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 110،716،537.72ރ.

މުއްދަތު: 600 ދުވަސް

4. އއ. ރަސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 185،571،402.42ރ.

މުއްދަތު: 780 ދުވަސް

5. ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 185،571،402.42ރ.

މުއްދަތު: 780 ދުވަސް

މިމަހުގެ 12 ވަނަ ދުވަހު ހަތަރު ރަށެއްގެ ޞިއްހީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް ކުރުމަށް ވެސް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside