logoEN
Sto top
އިންނަމާދޫ ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް!

އިންނަމާދޫ ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

4/5/2025, 5:22:38 PM

# ދިވެހި ފުލުހުންގެ ޙިދުމަތް# އެމްޓީސީސީ

--

ރ އިންމާދޫގައި އަލަށް ތަރައްޤީކުރާ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާކަން މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

Wamco

މި މަޝްރޫއު ދިވެހި ފުލުހުންގެ ހިދުމަތުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. އެގޮތުން މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ސައިޓުގައި ފެށިފައިވާ ކަމަށާއި އެގޮތުން ފައުންޑޭޝަން ފޫޓިންގ އަށް ބޭނުންވާ އިންސްޓޯލޭޝަން މަސައްކަތް މިހާރު ޕްރޮޖެކްޓް ސައިޓުގައި ކުރިޔަށްދާ ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ. އެގޮތުން ރައީސް މުއިއްޒު އެމަހު ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ޕޮލިސް ޕޯސްޓުގެ ބިންގާ ވަނީ އަޅާފައި އެވެ.

އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިދިޔަ މަހުގެ ފަހުކޮޅު ފަށާފައިވާއިރު މި މަޝްރޫއުގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ޕޯސްޓުތައް ގާއިމްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައި ވެއެވެ. އެގޮތުން ރ އިންމާދޫގެ އިތުރުން އެއަތޮޅު މާކުރަތުގައިވެސް ޕޮލިސް ޕޯސްޓެއް ގާއިމްކުރުމަށް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside