logoEN
Sto top
މިޔަންމާ-ތައިލެންޑު ބިންހެލުން: މިޔަންމާއިން މަރުވި މީހުންގެ އަދަދު 140 އިން މަތީގައި!

މިޔަންމާ-ތައިލެންޑު ބިންހެލުން: މިޔަންމާއިން މަރުވި މީހުންގެ އަދަދު 140 އިން މަތީގައި!

އަހުމަދު ޝުރާއު

logo

3/28/2025, 4:32:30 PM

# މިޔަންމާ - ތައިލެންޑު ބިންހެލުން

--

މިއަދު އައި ބާރުގަދަ ބިންހެލުމުގެ މިޔަންމާއިން މަރުވި މީހުންގެ އަދަދު 140 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

Wamco

އަސްކަރީ ވެރިކަމެއް ހިނގާ މިޔަންމާގެ އަސްކަރިއްޔާއިން މި ކާރިސާއާއި ގުޅިގެން އާންމުކުރި މައުލޫމާތަށް ބަލާއިރު މި ބިންހެލުމުގައި މިޔަންމާއިން މިހާތަނަށް 144 މީހަކު ވަނީ މަރުވެފައި އެވެ. އަދި 730 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައި އެވެ.

ބިންހެލުމުގައި މިޔަންމާއަށް ލިބުނު ގެއްލުމުގެ ޖުމުލަ އަދަދު 53 މިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް އޮފިޝަލުން ވަނި ބުނެފައި އެވެ. އެގޮތުން އެގައުމުގެ ގިނަ އަދަދެއްގެ އުމްރާނީ ވަސީލަތްތައް ވަނީ އެއްކޮށް ސުންފާތި ވެފައި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:50 ހާއިރު މިޔަންމާގެ ސަގައިން ސިޓީގެ 16 ކިލޯމީޓަރު ހުޅަނގު އުތުރުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ. އެގޮތުން ފުރަތަމަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 7.7 މެގްނިޓިއުޑްގައި އެވެ. އަދި ދެވަނަ ލޮޅުން އައިސްފައިވަނީ އޭގެ މިނެޓެއް ފަހުން 6.4 މެގްނިޓިއުޑްގައި އެވެ.

މިޔަންމާގެ ވެރިކަން ކުރާ އަސްކަރިއްޔާއިން ވަނީ މި ބިންހެލުމާއި އެކު އެގައުމުގެ ހަ ސަރަހައްދަކާއި އެއް ސްޓޭޓެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އަދި މި ބިންހެލުމުގެ އަސަރު އެގައުމާއި އަވަށްޓެރި ތައިލެންޑަށް ކުރި އިރު އެގައުމުގެ އުސް އިމާރާތެއް ބިމާ ހަމަވެ މިހާތަނަށް 9 މީހަކު ވަނީ މަރުވެފައި އެވެ. ތައިލެންޑުގައިވެސް މި ކާރިސާއާއި ގުޅިގެން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside