logoEN
Sto top
ކުރެންދޫގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

ކުރެންދޫގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

3/26/2025, 5:09:16 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް އެ ރަށު ޕޮލިސް ސްޓޭޝަނުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި ހިނގާ މާރިޗު މަހުގެ 24 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށުގެ އެކި ސަރަައްދުތަކަށް ފުލުހުން ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެފަދަ އެއްވެސް މައްސަލައެއް ހިނގައިފިނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

Maldivian
ކޮމެންޓް
Maldivian