logoEN
Sto top
މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %53.5 ނިމިފައި!

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %53.5 ނިމިފައި!

އަހުމަދު ޝުރާއު

logo

4/7/2025, 9:19:12 AM

# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

--

ށ މިލަންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް ސަރުކާރުން ބުނެފި އެވެ.

Wamco

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން މިނިސްޓްރީން ބުނީ މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްގަމު ވާޓަރު ގެ %100 މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.

މުޅި މަޝްރޫއުގެ 53.5 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުއަކީ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން (މެދު ދިޔައިން ފެށިގެން 3- މީޓަރު ހަމަވާ ވަރަށް) 17،900 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަރަށް) 70،400 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، (މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަރަށް) 8،400 ކިއުބިކް މީޓަރ ނެރު ފުންކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 213 މީޓަރު ނެރު ބްރޭކް ވޯޓަރ ޖެހުމާއި، 360 މީޓަރ ސޭންޑްފިލް ބްރޭކް ވޯޓަރ ޖެހުމާއި، 10 މީޓަރ ސަމްބާޖް ބްރޭކް ވޯޓަރ ޖެހުމާއި، 93 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރ ގްރޮއިން ޖެހުމާއި، 311 މީޓަރ އެއްގަމު ތޮށި އަދި ސްކޯރިންގ އެޕްރޮން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ މި މަޝްރޫއުގެ ދަށުން 10 މޫރިންގ ބޮއި ހަރުކުރުމާއި، 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، އެކްސެސް ޕްލެޓްފޯމެއް އެޅުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 42 މަގު ބައްތި ހަރުކުރުން އަދި 3789 އަކަމީޓަރުގެ ޕޭވްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 3 ކޮންކްރީޓް ބްރިޖް ހެދުމަށްވެސް މި މަޝްރޫއުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 މީޓަރު ދިގު 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 54 މީޓަރު ދިގު 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން 30 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside