logoEN
Sto top
އެމެރިކާގެ ބޮޑު ސެކިއުރިޓީ ބްރީޗެއް:  ހޫޘީންނަށް ބޮން އެޅުމަށް މަޝްވަރާކުރި ސަރުކާރުގެ ގްރޫޕު ޗެޓަށް " އޮޅިގެން" ނޫސްވެރިއަކު އެޑްކުރެވިފައި!

އެމެރިކާގެ ބޮޑު ސެކިއުރިޓީ ބްރީޗެއް: ހޫޘީންނަށް ބޮން އެޅުމަށް މަޝްވަރާކުރި ސަރުކާރުގެ ގްރޫޕު ޗެޓަށް " އޮޅިގެން" ނޫސްވެރިއަކު އެޑްކުރެވިފައި!

އަހުމަދު ޝުރާއު

logo

3/24/2025, 8:53:20 PM

# އެމެރިކާ

އީރާނުގެ ފުރިހަމަ ބެކިންގ އޮތް ޔަމަނުގެ ހޫތީންނަށް ވައިގެ ހަމަލާތައް ދިނުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުން މި މަހުގެ ކުރީކޮޅު މަޝްވަރާ ކުރި ގްރޫޕް ޗެޓެއްގައި އެމެރިކާގެ ރިޕޯޓަރަކު އޮޅިގެން އެޑްކުރެވުނު ކަން ހާމަވެއްޖެ އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި މިމަހުގެ ކުރީކޮޅު އެމެރިކާއިން ޔަމަނަށް ދިން ވައިގެ ހަމަލާތަކާއި ގުޅޭގޮތުން އެމެރިކާގެ އެންމެ އިސް އޮފިޝަލުން މަޝްވަރާކުރި ގްރޫޕަށް އޮޅިގެން އެޑްކުރެވިފައި އިނީ އެމެރިކާގެ އެންމެ މަޝްހޫރު އެއްް ނޫސް ކަމަށްވާ އެޓްލާންޓިކް މަޖައްލާގެ އެޑިޓަރ އިން ޗީފް ޖެފްރީ ގޯލްޑްބާގް އެވެ. އެގޮތުން މި މަޝްވަރާތައް ކުރި ގްރޫޕުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް އާއި ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު ތުލްސީ ގަބާޑް ހިމެނެއެވެ.

"ދަ އެކްސިޑެންޓަލީ ޓެކްސްޓް މީ އިޓްސް ވޯ ޕްލޭންސް" ގެ ނަމުގައި ގޯލްޑްބާގް ޝާއިރުކުރި ލިޔުމެއްގައި ބުނެފައިވަނީ ޔަމަނުގައި "ފުރަތަމަ ބޮން ގޮއްވާލުމުގެ ދެ ގަޑިއިރު ކުރިން އޭނާއަށް އެ ހަމަލާގެ މައުލޫމާތު އެނގުނު " ކަމަށެވެ. އެގޮތުން މާޗް މަހުގެ 15 ވަނަ ދުވަހު ޓްރަމްޕް ހަމަލާތައް އިއުލާނު ކުރެއްވި ނަމަވެސް، ގޯލްޑްބާގްއަށް އެމައުލޫމާތު ލިބުނީ އެމެރިކާ ސަރުކާރުގެ ސެކިއުރިޓީ ބްރީޗެއްގެ ސަބަބުންނެވެ.

އޭނާ ބުނީ އެންކްރިޕްޓެޑް މެސެޖިން ސާވިސް ސިގްނަލްގައި ކަނެކްޝަން ރިކުއެސްޓް މި މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ވޯލްޓްސްގެ ފަރާތުން ލިބިފައިވާ ކަމަށާއި އޭގެ ދެ ދުވަސް ފަހުން "ހޫތީ ޕީސީ ސްމޯލް ގްރޫޕް" އަށް ވަދެވުނު ކަމަށެވެ.

މިކަން މިފަދައިން ހިނގާފައިވާކަން އެމެރިކާގެ ވައިޓް ހައުސްއިން މިރޭ ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside