logoEN
Sto top
ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯ އިސްތިއުފާދެއްވައިފި

ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯ އިސްތިއުފާދެއްވައިފި

އަހުމަދު ޝުރާއު

logo

3/23/2025, 12:05:35 PM

# ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް

--

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރކަމުގެ މަޤާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Wamco

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޮއެލް ގްރެގާ ޕެޓަރސަން-ޖޯންސް މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ނަމަވެސް ނޮއެލް ގްރެގާ ޕެޓަރސަން-ޖޯންސް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް ޕީސީބީއަކުންވެސް ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަގާމު އަދާކުރެއްވި ނޯނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވަނީ 2013 އިން 2016 އަށް އިނގިރޭސިވިލާތުގެ ގްރީން އިންވެސްޓްމަންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އޮކްސްފޯޑު ޔުނިވާސިޓީން މާލީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ނޮއެލް ވަނީ ސްޓާލިން ވޯޓަފޯޑް ސެކިއުރިޓީސްގެ ސީއީއޯގެ މަގާމު 2004 އިން 2013 ވަނަ އަހަރަށް އަދާކުރައްވައިފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside