
ޑިވެލޮޕްމެންޓު ބޭންކު އޮފް މޯލްޑިވްސްގެ ޗެއާޕާސަންއަކަށް އަންހެން ބޭފުޅެއް!
# ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް# ރައީސް މުއިއްޒު--
ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސްއަށް ޗެއާޕާސަންއަކާއި ސީއީއޯއެއް އައްޔަނުކޮށްފި އެވެ.

ރާއްޖެއަށް ކުރާ އިންވެސްޓްމެންޓުތަކަށް ޚާއްސަކޮށްގެން އުފެެއްވި މި ބޭންކުގެ ޗެއާޕާސަންއަކަށާއި ސީއީއޯއަކަށް އައްޔަނުކޮށްފައިވަނީ މާލީ ކަންކަމުގެ ތަޖުރިބާހުރި ރާއްޖެއިން ބޭރުގެ ދެބޭފުޅެކެވެ.
އެގޮތުން ޗެއާޕާސަންއަކަށް އައްޔަނުކޮށްފައިވަނީ އަރޫނީ ގޫނެޓިލޭކޭ އެވެ. އަރޫނީއަކީ ދުނިޔޭގެ މާލީ ބާޒާރުތަކުގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފައިނޭންޝަލް ސާވިސަސް އެކްސްޕާޓެކެވެ. އަރޫނީ ވަނީ ކޯޕަރޭޓް ބޭންކިން، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް ގެ ދާއިރާތަކުން އިންޓަނޭޝަނަލް އަދި ސްރީލަންކާގެ ބޭންކުތަކުގައި މަސައްކަތްކުރައްވާފައި އެވެ. މީގެ އިތުރުން އޭނާ ވަނީ ހާވާޑް ޔުނިވާސިޓީން މާސްޓާސް އޮފް ލޯސް (އެލްއެލްއެމް) ހާސިލްކުރައްވާފައިއެވެ.
ސީއީއޯއަކަށް އައްޔަނުކުރި ނޮއެލް ގްރެގޯ ޕެޓާސަން-ޖޯންސް އަކީ ގްރީން އިންވެސްޓްމަންޓްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ, އެގޮތުން، އޭނާ ވަނީ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާގައި ނެޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު އުފެއްދުމުގައި އިސްރޯލެއް އަދާކުރައްވާފައި އެވެ. އަދި އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ރިޔާސަތު ބަލަހައްޓަވައި، ދެކުނު އިރުމަތީ އޭޝިއާގެ ސާފު ހަކަތައިގެ މަޝްރޫއުތައް ބަލަހައްޓަވަމުން ގެންދަވަނީ ގްރީން ފައިނޭންސާއި އުމްރާނީ ތަރައްގީގެ ދާއިރާއިން އޭނާގެ ހުނަރު ދައްކުވައިދެމުންނެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މާސްޓާސް އޮފް ފިލޯސަފީ (އެމްފިލް) ހާސިލްކުރައްވާފައިވާފައި އެވެ.
މި ދެބޭފުޅުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ އަރިހަށް، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައި އެވެ.
މި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ޑައިވަރސިފައިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން އެދެބޭފުޅުންނާއި މަޝްވަރާކުރައްވާފައެވެ.
ގުޅުންހުރި
ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އެއްވެސް ގައުމަކަށް ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ފުރުސަތު ނުދެން، ދެންވެސް ނުދޭނަން!

ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސްގެ އިލްތިމާސް!

.gif&w=3840&q=75)



