logoEN
Sto top
ފެން އިސްރާފު ވެދާނެ ޢަމަލުތަކުން ދުރުވެތިބުމަށް މޭޔަރ ޢާޒިމް އިލްތިމާސްކުރައްވައިފި

ފެން އިސްރާފު ވެދާނެ ޢަމަލުތަކުން ދުރުވެތިބުމަށް މޭޔަރ ޢާޒިމް އިލްތިމާސްކުރައްވައިފި

އަހުމަދު ޝުރާއު

logo

3/22/2025, 4:45:21 PM

# އާދަމް އާޒިމް

--

ފެން އިސްރާފު ވެދާނެ އެންމެހައި ޢަމަލުތަކުން ދުރުވެތިބުމަށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސްކުރައްވައިފި އެވެ.

Wamco

މޭޔަރ ޢާޒިމް މިފަދައިން އިލްތިމާސް ކުރައްވާފައި ވަނީ، މިއަދު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ "ދުނިޔޭގެ ފެނުގެ" ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވެފައި ވަނީ، ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ފެނުގެ ދުވަހަކީ އެ ދުވަހާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށެވެ. އަދި ކީރިތި ޤުރުއާނުގައި الله ވަޙީކުރައްވާފައިވަނީ، ''ފުރާނަ ހުރި ދިރުން ހުރި ކޮންމެ އެއްޗެއެއް ހެއްދެވީ ފެނުންކަމުގައި.'' ކަމަށާއި، މި ބަސްފުޅަށް އެކަނި ވިސްނާލިޔަސް، ފެނުގެ މުހިއްމުކަން ވިސްނޭ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމްގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މީގެ 50 ވަރަކަށް އަހަރުކުރިން، ދިވެހިން ޢާއްމުކޮށް ބޭނުންކުރާ ފެނަށް އަގެއް ދައްކަން ނުޖެހޭ ކަމަށާއި ބޭނުންކުރަމުންއައީ ވަޅު ފެނާއި ވާރޭފެން ކަމަށެވެ. އެކަމަކު، މިއަދުގެ ޙާލަތަށް ބަލާއިރު، ފެނަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. ‏"ފެނަކީ މާތްالله ދެއްވި ވަރަށް މަތިވެރި ނިޢުމަތެއް ކަމަށާއި ފެން އިސްރާފުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އެދެން"

ދުނިޔޭގައި ފެނުގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް، މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. މި އަހަރު ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ، އެކި ސަރަހައްދު ތަކުގައި ގަޑުވެފައިވާ ބޯން ބޭނުން ކުރާ ސާފު ބޯފެން ރައްކާ ކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside