
-
މިނިވަން ދުވަހުގެ އުފާ ހާޞިލް ކުރަމުންދާއިރު، މިނިވަން ކަމުގެ ޙަޤީޤީ މާނައާ، މަފްހޫމާ މެދު ވިސްނާލަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ، އުފާވެރި މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ތިމާގެ މިނިވަން ކަމަށް ޓަކައި ކުރާ ކަމެއްގެ ސަބަބުން، އަނެކެއްގެ ޙައްޤު ނުވަތަ މިނިވަންކަން ނުވަތަ އުފާވެރިކަމަށް ބުރޫ ނާރާގޮތަށް، ބަހާއި ޢަމަލުތައް ބެހެއްޓުމަކީ، މިނިވަންކަމުގެ އެންމެ މުހިއްމު އަސާސް ކަމަށެވެ. އަދި އެކަން ހަނދާންކުރުމަށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
"މިނިވަން ދުވަހުގެ އުފާ އަޅުގަނޑުމެން ހާޞިލް ކުރަމުންދާއިރު، މިނިވަން ކަމުގެ ޙަޤީޤީ މާނައާ، މަފްހޫމާ މެދު ވިސްނާލަންޖެހޭ." މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، ދިވެހި ލޮބުވެތި ރައްޔިތުންނަށާއި މިނިވަންކަން ހޯއްދަވައިދެއްވި ބަތަލުންނަށް، ހިތުގެ ފުންމިނުން ތަހުނިޔާ ދަންނަވައިފައެއވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ.
ގުޅުންހުރި

އާދަމް އާޒިމްގެ މަސައްކަތް އެމްޑީޕީގެ މެމްބަރުން ބަލައިގެންފި - ސޯލިހް

ވާދަވެރި ޕްރައިމަރީ ކާމިޔާބުކޮށް މާލޭ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމްއަށް!

ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ - އާޒިމް

.gif&w=3840&q=75)



