logoEN
Sto top
ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

3/20/2025, 9:40:34 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން އަރިއަތޮޅު އުތުރުބުރީ ހިމަންދޫ، ފެރިދޫ، އަދި ތޮއްޑޫގެ އިތުރުން ކާށިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Wamco

މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފައިނޭންސްކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ހަތަރު ރަށުގައިވެސް ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ޤާއިމްކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގް އިބްރާހިމް ވިދާޅުވީ މި މަޝްރޫޢުތައް ފެށުމަކީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ސާފު އަދި ދުޅަހެޔޮ ތިމާވެއްޓެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި މަޝްރޫޢުތައް ނިމުމުން އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside