
--
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 21 ވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީ ޕޭން ފްރައިޑް ޝްރިމްޕް އެވެ.
ބޭނުންވާ ތަކެތި:
- 8 މޭޒުމަތީ ސަމުސާ ބަޓަރު
- 1 ޕައުންޑް ޝްރިމްޕް (ޕީލްކޮށްފައި)
- 5 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
- 1 ޕިންޗް ގާރލިކް ސޯލްޓް
- ލޮނު އަދި އަސޭމިރުސް (ރަހަލާވަރަށް)
ތައްޔާރުކުރާނެ ގޮތް:
ތަވައެއްގައި (ގަދަގިނީގައި) 6 މޭޒުމަތީ ސަމުސާ ބަޓަރު މެލްޓްކޮށްލާށެވެ.
ދެން އޭގެތެރެއަށް ޝްރިމްޕްކޮޅު އަޅާލާށެވެ. ގާތްގަނޑަކަށް 2 މިނެޓު ވަންދެން ބްރައުން ކުލަ އަރަންދެން ކައްކާލާށެވެ.އެއަށްފަހު މެދު މިނަކަށް އުނދުނުގެ ގިނި ދަށްކޮށްލާށެވެ.ދެން އޭގެތެރެއަށް 1 1/2 ލުނބޯ ޖޫސް، ލުނބޯ ޖޫސް, ގާރލިކް ސޯލްޓް، ލޮނު އަދި އަސޭމިރުސް އަޅާފައި މިނެޓެއް ވަންދެން ކައްކާލާށެވެ.
ދެން އުދުން މަތިން ނެގުމަށްފަހު ބާކީ ހުރި ބަޓަރު އަދި ލުނބޯ ޖޫސް އަޅާފައި އެއްކޮށްލާށެވެ.