logoEN
PNC TOP 3
ގާފު ރެސިޕީ: ވިއެޓްނާމީސް ޗިކަން ސެލެޑް

ގާފު ރެސިޕީ: ވިއެޓްނާމީސް ޗިކަން ސެލެޑް

ސާރާ އަހުމަދު

logo

2/26/2026, 11:47:00 AM

# ގާފު ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ނުވަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ވިއެޓްނާމީސް ޗިކަން ސެލެޑް އެވެ.

ބޭނުންވާނެ ތަކެތި:
  • 350 ގްރާމް ކުކުޅު (ކައްކާފައި)
  • 6 ޖޯޑު ކެބެޖް (ކޮށާފައި)
  • 1/2 ފިޔާ (ވަރަށް ކުދިކޮށް ކޮށާފައި)
  • 1 ރަތް ބެލް ޕެޕަރ ނުވަތަ ކެޕްސިކަމް
  • 2 ކިއުކަމްބާ (އޮށްތައް ނަގާފައި ހާފްމޫން ޝޭޕަށް ކޮށާފައި)
  • 1 ކެރެޓް (ތުނިކޮށް ކޮށާފައި)
  • 1 މިރުސް (އޮށް ނަގާފައި ތުނިކޮށް ކޮށާފައި)
  • 1 ޖޯޑު މިންޓް ފަތް
  • 1 ޖޯޑު ކޮރިއަންޓް ނުވަތަ ސިލަންޓްރޯ ފަތް
  • 1/2 ޖޯޑު ރޯސްޓެޑް އަންސޯލްޓެޑް ޕީނަޓްސް

ޑްރެސިންއަށް:2 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް2 މޭޒުމަތީ ސަމުސާ ރައިސް ވިނިގާ1/4 ޖޯޑު ފިޝް ސޯސް (ނުވަތަ އޭގެ ބަދަލުގައި ސޯޔާ ސޯސް)1/4 ޖޯޑު ކެނޯލާ އޮއިލް (ނުވަތަ ތަރުކާރީ، ގްރޭޕްސީޑް، ޕީނަޓް އޮއިލް)1 މޭޒުމަތީ ސަމުސާ ހަކުރު1 ލޮނުމެދު ކްލޯވް (ކުދިކޮށް ކޮށާފައި)2 މޭޒުމަތީ ސަމުސާ ތޮޅި މިރުސް (ވަރަށް ތުނިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޑްރެސިންއަށް ބޭނުންކުރާ ހުރިހާ އިންގްރިޑިއަންޓްތަކެއް ތައްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ސެލެޑް ހެދުމަށް ބޭނުންކުރާ ހުރިހާ އިންގްރިޑިއަންޓްސްއެއް (ޕީނަޓް ފިޔަވައި) ތައްޓަކަށް އަޅާށެވެ. އަދި ޑްރެސިންގެ ދެބައިކުޅަ އެއްބައި ސެލެޑްގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ފަސް ވަރަކަށް މިނިޓް ވަންދެން ބަހައްޓާށެވެ.

ސާވް ކުރުމުގެ ކުރިން ބާކީ ހުރި ޑްރެސިން އެޅުމަށްފަހު އަލުން އެއްކޮށްލާށެވެ. އަދި ރޯސްޓްކޮށްފައި ހުރި ޕީނަޓްތައް ސެލެޑްގެ މައްޗަށް އަޅާލާށެވެ.

މިހާރު މިހިރީ މި ސެލެޑް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ސިއްހަތައް ފައިދާ ހުރި މީރު އެއްޗެއް ކާން ބޭނުންވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ރެސިޕީއެެކެވެ.

undefined

E living
ކޮމެންޓް
E living
ފަހުގެ
HDC