logoEN
PNC TOP 3
ގާފު ރެސިޕީ: ކެރެމެލް ބްރައުނީސް

ގާފު ރެސިޕީ: ކެރެމެލް ބްރައުނީސް

ސާރާ އަހުމަދު

logo

2/27/2026, 9:29:00 AM

# ގާފު ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ދިހަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ކެރެމެލް ބްރައުނީސް އެވެ.

ބޭނުންވާނެ ތަކެތި:
  • 1/3 ޖޯޑު ކެރެމެލް ސޯސް
  • 1 1/4 ޖޯޑު ފުށް
  • 1/4 ޖޯޑު ކޮކޯ ޕައުޑަރ
  • 3/4 ޖޯޑު އަންސޯލްޓެޑް ބަޓަރު
  • 3 އައުންސް އަންސްވީޓްޑް ޗޮކްލެޓް (ކޮށާފައި)
  • 1 1/4 ޖޯޑު ހަކުރު
  • 1/4 ޖޯޑު ބްރައުން ޝުގަރ
  • 1 މޭޒުމަތީ ސަމުސާ ލޮނު
  • 2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • 3 ބިސް
  • 1/2 ސައިސަމުސާ ފްލޭކް ސޯލްޓް (ޓޮޕިން އަށް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ 325 ޑިގްރީ ފެރެންހައިޓް އަށް އަވަން ޕްރީހީޓް ކޮށްލާށެވެ. އެއަށްފަހު 8 ބައި 8 އިންޗީގެ ސްކޮޔަރ ޓްރޭއެއްގައި ބޭކިން ޕޭޕަރ އަޅާފައި ފަހަށް ތައްޔާރުކޮށްލާފައި ބައިންދާށެވެ. ދެން ކުޑަ ތައްޓެއްގައި ކޮކޯ ޕައުޑަރ އާއި ފުށް އެއްކޮށްލުމަށްފަހު އެއްފަރާތް ކޮށްލާށެވެ.

އެއަށްފަހު ތެއްޔަކަށް ބަޓަރާއި ޗޮކްލެޓް އަޅާފައި މެދުގިނީގައި ބަަހައްޓާގެން މެލްޓްކޮށްލާށެވެ. ދެން ޗޮކްލެޓް އަދި ބަޓަރ މިކްސްޗާގެ ތެރެއަށް ދެވައްތަރުގެ ހަކުރު، ލޮނު އަދި ވެނީލާ އެސެންސް އަޅާލާށާެވެ. ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ބިސް އަޅާލާށެވެ. ބިސް އަޅާއިރު އަޅާނީ ފަހަރަކު ބިހެކެވެ. އަދި ކޮންމެ ބިހެއް އަޅާފައި ރަނގަޅަށް އެއްކޮށްލަންވާނެއެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި ކޮކޯ މިކްސްޗާ ތެއްޔަށް އެޅުމަށްފަހު ރަނގަޅަށް ހުރިހާއެއްޗެއް އެއްކޮށްލާށެވެ.

ދެން ތައްޔާރު ކޮށްފައިވާ ޓްރޭއަށް ބެޓަރ އަޅާށެވެ. އަދި ބްރައުނީގެ މައްޗަށް ސަމުސަލުން ކެރެމެލް އަޅާލާށެވެ. ދެން އުލެއް ނުވަތަ ވަޅިއެއް ބޭނުންކޮށްގެން ކެރެމެލްތައް "އެސް" ޝޭޕަށް ސްވާރލް ކޮށްލާށެވެ. ދެން މައްޗަށް ފްލޭކް ސޯލްޓް ބުރުވާލާށެވެ. ދެން 35-40 މިނިޓް ވަންދެން ބަރައުނީ ފިހެލާށެވެ. ބްރައުނީ ރަނގަޅަށް ހިހޫވުމުން ކްރެމަލްކޮޅެއް މައްޗަށް އަޅާފައި ސާރވްކޮށްލާށެވެ.

މިހާރު މިހިރީ ކެރެމެލް ބްރައުނީސް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ އާންމުކޮސް ތައްޔާރުކުރާ ބްރައުނީސް އިތުރު ޓްވިސްޓަކާއި އެކު ތައްޔާރުކޮށްލޭނެ ގޮތެކެވެ.

undefined

E living
ކޮމެންޓް
E living
ފަހުގެ
HDC