logoEN
PNC TOP 3
ގާފު ރެސިޕީ: ޕީނަޓް ބަޓަރ ފަޖް

ގާފު ރެސިޕީ: ޕީނަޓް ބަޓަރ ފަޖް

ސާރާ އަހުމަދު

logo

2/25/2026, 9:52:16 AM

# ގާފު ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ނުވަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ޕީނަޓް ބަޓަރ ފަޖް އެވެ.

ބޭނުންވާނެ ތަކެތި:
  1. 2 ޖޯޑު ފްރޮސްޓިން (ވެނީލާ ނުވަތަ ކްރީމް ޗީޒް)
  2. 2 ޖޯޑު ކްރީމީ ޕީނަޓް ބަޓަރު
  3. މެލްޓަޑް ޗޮކްލެޓް ނުވަތަ ކޮށާފައި ހުރި ޕީނަޓް
ތައްޔާރުކުރާނެ ގޮތް:
މި ފަޖް ތައްޔާރުކޮށްލުމަށް ފުރަތަމަ 8 އިންޗު، 8 އިންޗީގެ ޓްރޭއެއްގައި ކުކިންގ ޕޭޕަރު އަޅާލައި ޓްރޭ ތައްޔާރުކޮށްލާށެވެ. އެއަށްފަހު މައިކްރޯވޭވް ސޭފް ތައްޓެއްގައި ފްރޮސްޓިން އާއި ޕީނަޓް ބަޓަރު އަޅާފައި ކުޑަކޮށް އެއްކޮށްލުމަށްފަހު 30 ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލާށެވެ. އަދި ސަމުސަލަކުން އެއްކޮށްލުމަށްފަހު އަނެއްކާވެސް 30 ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލާށެވެ. އެއަށްފަހު ޓްރޭއަށް މިސްކްޗާ އަޅާލުމުގެ ކުރިން ރަނގަޅަށް އެއްކޮށްލާށެވެ.

ތައްޔާރުކުރި ޓްރޭއަށް މިކްސްޗާ އަޅައި، އޭގެ މައްޗަށް ކޮށާފައި ހުރި ޕީނަޓް ނުވަތަ މެލްޓެޑް ޗޮކްލެޓް އަޅާލާށެވެ. އަދި ފްރިޖުގައި ގަޑިއެއްހާއިރު ވަންދެން ފިނިކޮށްލާށެވެ.

މިހާރު މިހިރީ މި ރެސިޕީ ތައްޔާރުކޮށް ނިމިފައިއެވެ. މިއީ އެންމެ ދެ އިންގްރީޑިއަންޓް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC