
އެމްޓީސީސީގެ ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމަށް ހުޅުވާލައިފި: 5,000 ރުފިޔާގެ އެލަވެންސެއް ލިބޭނެ!
# އެމްޓީސީސީ--
އެމްޓީސީސީގެ "ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ އަހުލުވެރި ދިވެހީން ބިނާކުރުމަށް ޓަކައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ މިފަހަރު މި ހުޅުވާލި ޕްރޮގްރާމްގެ ތެރެއިން "ހުނަވަރު ސޭލްސް ޓްރޭނީ" މަގާމުގައި 10 ފަންނުވެރިން ތަމްރީން ކުރުން ކަމަށާއި މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެމްޓީސީސީގެ ޓްރޭޑިން ޑިވިޒަނަށް ބޭނުންވާ ސޭލްސް މުވައްޒަފުން ތަމްރީނުކުރުން ކަމަށެވެ. އެގޮތުން މި ތަމްރީނުތަކުގައި އުނގަންނައިދިނުމަށް ހަމަޖެހިފައިވަނީ މުދާ ވިއްކުމާއ،ި ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ހުނަރު ކަމަށާއި މީގެ އިތުރުން އެމްޓީސީސީގެ ޕްރޮޑަކްޓް ތަކާއި ޚިދުމަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދެވިގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެތެރޭގައި ތަމްރީނުވުމަށްފަހު އިވެލުއޭޝަނުން ފާސްވާ ފަރާތްތަ ކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
"ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" ބައިވެރިވުމުގެ ފުރުސަތު 17 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި ކޮންމެ ރައްޔިތަކަށް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމަށް ކުރިމަތިލާ މީހުންނަކީ ދަށް ވެގެން ޖީސީއީ އޯލެވެލްއިން 3 ފާސް ހާސިލުކޮށްފައިވާ ފީލްޑް ސޭލްސް ހަރަކާތްތަކާއި ފީލްޑް ވިޒިޓްތަކަށް ދިއުމަށް ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ވާން ޖެހޭނެއެވެ.
ހަމަ އެހެންމެ ދިވެއްސާއި އިނގިރޭސި ބަހަށް ފަރިތ،ަ މައިކްރޮސޮފްޓް އޮފީސް ބޭނުންކުރަން އެނގޭ މީހުނަށް ވާންވާނެއެވެ. މެރިން އިންޑަސްޓްރީގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިތުރު އިސްކަމެއް ދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ޕްރޮގްރާމަށް ހޮވޭ ބައިވެރީންނަށް 5,000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައި އެވެ. "އެމްޓީސީސީ ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދ،ީ ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުން ކަމަށާއި ހަމަ އެހެންމެ މަސައްކަތުގެ މައިދާނުގައި ބޭނުންވާ މިފަދަ ފަންނާއި ހުނަރުތައް ކުރިއަރުވައި ތަރައްގީކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކި މިފަދަ ފުރުސަތުތައް ދިވެހި މުޖްތަމައަށް ފަހިކޮށްދިނުމަގައި ރާއްޖޭގެ އެންމެ އިސް ސަފުގައި އެކުންފުނި އޮތުން ކަމަށެވެ.