
--
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަށް އެއް އަހަރު މިވަނީ ފުރިފައި އެވެ.

އެގޮތުން ގައުމީ އެއާލައިން މޯލްޑިވިއަން އާއި ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އާސަންދަ ގުޅިގެން ކުރިޔަށް ގެންދާ އެއާ އެމްބިއުލާންސްގެ އޮޕަރޭޝަންތައް ރަސްމީކޮށް ރާއްޖޭގައި އިފްތިތާހްކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހު އެވެ.
މި ހިދުމަތަށް އަހަރެއް ފުރިގެން ދިޔައިރު މޯލްޑިވިއަންއިން ވަނީ ފާއިތުވި އަހަރު އެހިދުމަތުގެ ތަފާސްހިސާބުތަކެއް އާންމުކޮށްފައި އެވެ. އެގޮތުން މޯލްޑިވިއަންއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އަހަރުގެ ތެރޭގައި އެއާ އެމްބިއުލާންސްއިން ވަނީ 787 ދަތުރުކޮށްފައި އެވެ. އަދި 913 ބަލި މީހަަކަށް ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދީފައި އެވެ.
ސިއްހީ އިތުރު ފަރުވާއަށް ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލުމަށް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ތަމްރީން ލިބިފައިވާ 15 މީހުންނާއެކު ފެށި އެއާ އެންބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓުގައި ދެމުން އަންނަ މި ޚިދުމަތް ސީޕްލޭންގައި ދޭންފެށީ މާޗު މަހުގެ 15ވަނަ ދުވަހެވެ.
މީގެ ކުރިން ކުއްލި ފަރުވާގައި ބަލިމީހުން އުފުލައި އުޅުނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނާއި ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ.
ގުޅުންހުރި

އެއާ އެމްބިއުލާންސަށް އެެއް އަހަރު: 931 ބަލިމީހުން އުފުލި!

ގިނައީ އެއާއެމްބިއުލާންސް ސީޕްލޭން ބޭނުންނުކުރާ ދުވަސްަތައް, އާންމު ދަތުރުތަކަށް ހުއްދަ ދިނީ ހިދުމަތަށް ބުރޫ ނަރާ ނިޒާމެއްގެ ދަށުން!

ދިވެހިންގެ ފުރަތަމަ އެއާ އެމްބިއުލާންސް: ހިދުމަތް ފަށަން ތައްޔާރަށް!
