logoEN
Sto top
އެއާ އެމްބިއުލާންސްގައި އިންޑިއާ އަށް ބަލި މީހުން އުފުލަން ހުއްދައަށް އެދެނީ

އެއާ އެމްބިއުލާންސްގައި އިންޑިއާ އަށް ބަލި މީހުން އުފުލަން ހުއްދައަށް އެދެނީ

އަހުމަދު ޝުރާއު

logo

2/29/2024, 8:27:32 AM

# މޯލްޑިވްސް އެއާއެމްބިއުލާންސް ސާވިސް

މިނިސްޓަރ ހަލީލް

ރާއްޖޭގެ އެއާ އެމްބިއުލާންސްގައި އަވަށްޓެރި އިންޑިއާ އަށް ބަލި މީހުން އުފުލަން ހުއްދަ ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ހެލްތު މިނިސްޓަރ އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.

Wamco

އެއާއެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި ވެފައިވާ ތައްޔާރީތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ އެއާ އެމްބިއުލާންސަށް މިހާރު ހުއްދަ ލިބިފައި އޮތީ ސްރީ ލަންކާ އިން ކަމަށާއި އަދި އިންޑިއާ އަކީ ރާއްޖެއާ ވަރަށް ގާތް ގައުމަކަށްވެފައި ވަރަށް ގިނަ ބަޔަކު ބޭސް ފަރުވާ އަށް ދާ ގައުމަކަށްވާތީ އެ ގައުމުން ވެސް އެއާ އެމްބިއުލާންސަށް ހުއްދަ ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

ހަލީލް ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެމުން އަންނަ ގައުމަކަށްވާތީ އިންޑިއާއާ އެއްކޮށް ވެސް މުސްތަގުބަލުގައި އެއާ އެމްބިއުލާންސް ދަތުރުކުރުމުގެ ހުއްދައިގެ އެެއްބަސްވުމެއް އެކުލަވާލެވިގެން ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޚަލީލް ވިދާޅުވީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް މިހާރު ކުރެވެމުންދާ މަސައްކަތަކީ ބޯޓުގައި އިންސްޓޯލް ކުރަންޖެހޭ އެކިއެކި އާލާތްތައް އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ، މިކަމުގައި ބޭނުންކުރާނީ 2 ބޯޓް ކަމަށެވެ. އެއީ އެއަރޕޯޓްތަކަށް ޖައްސާ މަތިންދާބޯޓަކާއި ސީޕްލޭނެއްކަމަށެވެ. ސީޕްލޭންގެ ފައިދާއަކީ އިމަރޖެންސީ ހާލަތްތަކުގައި އެއަރޕޯޓެއް ނެތް ނުވަތަ އެއަރޕޯޓަކާއި ދުރު ހިސާބުގައި ހުރި ރަށްރަށުގައިވެސް ބޭނުންކުރެވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު 2 ބަލިމީހުން އެއްފަހަރާ އުފުލޭނެކަމަށް ޚަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު 15 މުވައްޒަފުން މިކަމަށް ޚާއްސަކޮށް ނަގާ ތަމްރީންކޮށްފައިވާކަމަށެވެ.

E living
ކޮމެންޓް
ޙަސަނާބެ

ލަންކާ އިންޑިއާއަށް އެއަރ އެމްބިއުލާނސް އަށް ކުރާހަރަދށްވުރެ ކުޑަހަރަދަކުން އެގައުމު ތަކުގެ ފްލައިޓުގަ ދެވެންއޮތަސް ހަމައެއަރ އެމްބިއުލަންސް ގަހޭ ގެންދާނީ. ތިބޯޓަށް ބަލާއިރު ހިއެއްނުވޭ ދުބާއީ ތައިލެންޑަށްް ސީދާދަތުރު ކުރެވޭނެހެނެއް. އެކަމަކު އެތަނަށްވެސް ދާނެކަމަށް މިކިޔަނީ.

E living
ފަހުގެ
STELCO Inside