
ދިވެހިންގެ ފުރަތަމަ އެއާ އެމްބިއުލާންސް: ހިދުމަތް ފަށަން ތައްޔާރަށް!
# އެއާއެމްބިއުލާންސް# މޯލްޑިވްސް އެއާއެމްބިއުލާންސް ސާވިސްދިވެހިންގެ އެއާ އެމްބިއުލާންސް
ރާއްޖޭގައި ފުރަޔަމަ ފަހަރަށް އެޢާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވާނެޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެފައި އެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ހިދުމަތުގެ ބޭނުންކުރާނެ ޑޭޝް 8 މަރުކާގެ ބޯޓު މިހާރު އޮތީ ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްުޔާރީތަކެއް ވެފައި އެވެ. އެގޮތުން މިހާރު މީސްމީޑިއާގައި މި ބޯޓުގެ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. ފޮޓޯތަކަށް ބަލާއިރު މި ހިދުމަތް ފެށުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން އިނގެއެވެ.
މޯލްޑީވިވްސް އެމަޖެންސީ މެޑިކަލް ސާވިސަންގެެ ދަށުން ހިންގާ އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ ބޯޓުގެ ލިވަރީ ޑިޒައިން ކޮށްފައިވަނީ އެބޯޓަކީ އެެއާއެމްބިއުލާންސެއްކަން އިނގޭނެ ގޮތަށް އެންމެ ފުރިހަމަކޮށެވެ. މޯލްޑިވިއަންއިން މީގެ ކުރިން ބޭނުންކުރި ނޫކުލައިގެ ލިވަރީއާއި ބޯޓުގެ އެތެރެވެސް މި ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހެލްތު މިނިސްޓްރީން ބުނީ އެކަމަށް ހާއްސަކޮށްފައިވާ މަތިންދާ ބޯޓުގައި ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް، ތަމްރީނު ވެފިވާ 15 ސިއްޙީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ހުންނާނެ ކަމަށެވެ.
އޭގެތެރޭގައި، ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
މި ހިދުމަތުގައި ބޭނުންކުރާ މަތިންދާބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެކަންވެސް މިނިސްޓްރީއިން ހާމަކުރެއެވެ. އަދި މި ހިދުމަތުގައި ސީޕްލޭނެއްވެސް ބޭނުންކުރާނެކަން ރައީސް ހާމަކުރެއްވި އިރު އޮޕަރޭޝަނަށް މިކަމަށް ޚާއްސަ ސީޕްލޭން ނެރޭނެ ތާރީހެއް ހާމަކޮށްފައެއް އަދި ނުވެއެވެ
ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން މި ހިދުމަތް ފެށީ ކަމުގައިވީނަމަވެސް މި ބޯޓުތައް އޮޕަރޭޓްކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ.
ގުޅުންހުރި

އެއާ އެމްބިއުލާންސަށް އެެއް އަހަރު: 931 ބަލިމީހުން އުފުލި!

ގިނައީ އެއާއެމްބިއުލާންސް ސީޕްލޭން ބޭނުންނުކުރާ ދުވަސްަތައް, އާންމު ދަތުރުތަކަށް ހުއްދަ ދިނީ ހިދުމަތަށް ބުރޫ ނަރާ ނިޒާމެއްގެ ދަށުން!

ސީޕްލޭން އެއާ އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފި
